ބޮން ގޮވުމުގެ ސަބަބުން ދުންތައް އަރަނީ
ބޮން ގޮވުމުގެ ސަބަބުން ދުންތައް އަރަނީ
ދުނިޔެ 03 Apr 2023 | 09:34

ދިމިޝްޤުގައި ބޮމެއް ގޮއްވާލައިފި

ސީރިޔާގެ ދިމިޝްޤުގައި މެއްޒޭގައި ކާރެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިފިއެވެ.

ސީރިޔާ ފުލުހުންގެ ފަރާތުން މައުލޫމާތު ދިން އޮފިސަރަކު ބުނެފައިވަނީ މި ބޮމުގެ ހަމަލާއާއި ގުޅިގެން އެކަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އަދި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާޢަތަކުން ނަގައިފައެއް ނުވެއެވެ.

ސަންނާ ގައި ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ މީހުން ގިނައިން އެއްވާ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އަމިއްލަ މީހެއްގެ ކާރެއްގައި ބޮން ހަރުކޮށްގެން ކަމަށާއި ބޮން ގޮއްވާލުމުގެ ސަބަބުން ކައިރީގައި ޕާކް ކޮށްފައިހުރި އެހެން ބައެއް ވެހިކަލް ތަކަށް އެކިވަރުގެ ގެއްލުން ވެފައިވަކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މަންޒަރުދުށް މީހަކު ބުނެފައިވަނީ ބޮން ގޮވާފައިވަނީ ގިނަ ޢަދަދަކަށް މީހުން ވަދެ ހަދާ ރެސްޓޯރެންޓެއް ކައިރީގައި ކަމަށެވެ.

މެއްޒޭ އަކީ ގިނަ ސަރުކާރުގެ ގިނަ ޢަދަދެއްގެ އޮފިޝަލުން ނާއި ޔޫއެންގެ ގިނަ އެމްބަސަޑަރުންތަކެއްގެ އޮފީސްވެސް ހުންނަ ސަރަހައްދެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.