އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑު ބަލީގެ މާބަނޑު މީހާގެ ދަރިފުޅު ނިޔާވެއްޖެ
އެމަޖެންސީގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ކޮވިޑު ބަލީގެ މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗުން މިކަން ވަނީ "ވޮއިސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާބަނޑު މީހާ ވިހާފައިވަނީ އެމްބިއުލާންސް ތެރެއަށެވެ. އަދި މި މީހާއަށް އެ އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާބަނޑު މީހާގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.
މިކަމާއި ގުޅޭގޮތުން، އެމްބިއުލާންސްގެ ޚިދުމަތް ލިބުމުގައި ލަސްވިކަމުގެ ޝަކުވާއެއް މިހާތަނަށް އާންމުވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް