ސްވިޑެން ގައި ގުރުއާން އެންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ފުލުހުން އެހީވަނީ
ސްވިޑެން ގައި ގުރުއާން އެންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ފުލުހުން އެހީވަނީ
ދުނިޔެ 03 Jul 2023 | 12:00

ގުރުއާން އަންދަން ހުއްދަ ދިނުމަށްފަހު، ގައުމުތަކުގެ ނުރުހުން އަމާޒުވާން ފެށުމުން އެކަން ކުށްވެރިކޮށްފި

އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގެ މިސްކިތެއްގެ ކައިރީގައި، ފުލުހުންގެ ހިމާޔަތާއި، ސްވިޑެންގެ ކޯޓުގެ ހުއްދައާއިވެސް އެކުގައި މުޞްޙަފް އެންދުމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ނުރުހުން އެ ގައުމަށް އަމާޒުވާން ފެށުމުން، އެކަމުން ރެކެން ވެގެން، އެ ގައުމުންވެސް އެކަން ކުށްވެރި ކޮށްފިއެވެ.

އަޟުހާ ޢީދު ދުވަހު، ޢިރާޤުން ސްވިޑެން އަށް ހިޖުރަ ކޮށް ސްވިޑެންގައި ދިރިއުޅެމުންދާ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ވަނީ ސްޓޮކްހަމްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާން މުސްޙަފެއްގެ ތެރެއަށް އޫރުމަސް އަޅައި, ގުރުއާންއަށް އިހްތިރާމް ކުޑަކޮށް މުސްހަފުގައި އަލިފާން ރޯކޮށްލައިފައެވެ.

އެކަން އޭނާ ކުރި އިރު، ސްވިޑެން ގެ ސަރުކާރުގެ ފުލުހުން ތިބީ އޭނާ އަށް ހިމާޔަތް ދިނުމަށް އޭނާ ހުރި ސަރަހައްދު ބަންދު ކޮށްގެން، އެތަނުގެ ސެކިޔުރިޓީންގެ ގޮތުގައެވެ. އަދި މުސްހަފު ރޯކުރުން ހުއްޓުވަން ދިޔަ މީހުންނަށް ހުރަސް އަޅައި އެކަކު ފުލުހުން ހައްޔަރުވެސް ކުރިއެވެ.

މިކަމާއި ގުޅިގެން މުސްލިމު ގިނަ ޤައުމުތަކުގައި ނުރުހުން ފާޅުކޮށް، ބައެއް ޤައުމުތަކުގެ ޚާރިޖީ ވުޒާރާތައް އަދި އެއްބައި ޤައުމުތަކުން ސްވިޑެން އަށް ކަނޑައަޅައިފައި ތިބޭ ސަފީރުން ވަނީ މި ޢަމަލު ކުށްވެރިކޮށްފައެވެ.

އަދި ކީރިތި ޤުރުއާން އަންދާލައި ސްވިޑެން އިން ހިންގި ހައްދުފަހަނައަޅައިފައިވާ ނުބައި ޢަމަލާއިމެދު އަޅާނެ ފިޔަވަޅަކާއި މެދުގައި މަޝްވަރާކޮށް އެކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)ގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ސްވިޑެން ގައި ގުރުއާން އެންދުމުގެ މި ހަރުކަށި އަމަލު ކުށްވެރިކޮށް އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު ހީވުމާއި އެކު، ސްވިޑެން ގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ގައުމުގައި ގުރުއާން އެންދި މައްސަލާގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަން ހާމަކުރަން މަސައްކަތް ކޮށް، އެކަން ކުށްވެރިކޮށްފައެވެ.

"ސްވިޑެން ގައި ދިރިއުޅޭ ބައެއް މީހުންގެ ފަރާތުން ފެނިފައިވާ، މުސްލިމުންނާއި މެދު ނަފްރަތު އުފައްދާ "އިސްލާމިފޯބިކް" އެ ހަރަކާތަކީ މުސްލިމުން ދެކޮޅުވާނެ، އަދި މުސްލިމުން ދެރަވާނެ ޢަމަލެއްކަން ގަބޫލު ކުރެވޭ. އެފަދަ ކަންކަން އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރި ކުރަން. އެކަމަކީ ސްވިޑެން ގެ ސަރުކާރު ގަބޫލުކުރާ ކަމެއް ނޫން". ގުރުއާން އެންދުން ކުށްވެރިކޮށް ސްވިޑެން ގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ސްވިޑެން ސަރުކާރުން ބުނީ، ގުރުއާން ނުވަތަ އެހެންވެސް ދީނީ ފޮތަކަށް އިހްތިރާމް ކުޑަ ކުރުމަކީ، އެ ސަރުކާރުން ދެކޮޅުހަދާ ކަމެއް ކަމަށާ، އެފަދަ ކަންކަމަށް އެގައުމުން ފުރުސަތު ނުދޭނެ ކަމަށެވެ.

އެއާއެކު، އެ ބަޔާނުގައި ވަނީ، ކަން މިހެން ހުރި ނަމަވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެކަމަށްޓަކައި ހަރަކާތްތައް ބޭއްވުމަކީ އެގައުމުގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ކަމަށްވެސް ބުނެފައެވެ.

ގުރުއާން އެންދުން ކުށްވެރިކޮށް ސްވިޑެން އިން ބަޔާން ނެރެފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެ ގައުމުގެ، ސަރުކާރުގެ ފުލުހުންގެ ހިމާޔަތުގެ ދަށުގައި ތިބެގެން، އެ ގައުމުގައި ވަނީ ގުރުއާން އެންދުމުގެ ހަރަކާތްތައް ބާއްވާފައެވެ.

އެފަދައިން ކަން ކުރުމުން، މުސްލިމުން ތަކެއް، އެ ގައުމުގައި ޔަހޫދީންގެ މުގައްދަސް ފޮތެއް އަންދަން މަސައްކަތް ކުރުމުން، އެ ގައުމުގެ ސަރުކާރުން ވަނީ، އެއީ ނަފްރަތު އުފެއްދުމުގެ އަމަލެއް ކަމަށް ބުނެ އެކަން ހުއްޓުވާފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ގައުމަށް އެފަހަރުވެސް އަމާޒުވިއެވެ. އަދި އެއިންވެސް އެނގެނީ އެ ގައުމުގެ މުނާފިގުކަން ކަމަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.