ގެއްލުނުމީހާއަށް ގުޅިއްޖެ: ފުލުހުން
އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަން (28އ) ފެނިއްޖެ އެވެ.
އުބައިދުﷲ ފެނިފައިވަނީ އޭނާ ގެއްލިގެން ފުލުހުން ޓުވީޓު ކުރިތާ 2 ގަޑިއެއްހާއިރު ތެރޭގައެވެ.
ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަނާ އާއި ގުޅިގަފައިވަނީ މަސްދޯންޏެއްގައި ހުއްޓައި ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުގައި އެހީވެދިން އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އުބައިދުﷲ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރެވެ. އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ހިތަދޫ ގުރައިޝާމަންޒިލް ކައިރިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް