މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީ
މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީ
ދުނިޔެ 03 Oct 2023 | 07:19

މިޞްރުގެ ރައީސް އަލްސީސީ ތިންވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމައިފި

މިޞްރުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލް ފައްތާޙް އަލްސީސީ ރައީސް ކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމައި އެކަން އިޢުލާނު ކުރައްވައިފި އެވެ.

ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ބޮޑު އުންމީދަކާއި އެކު އަލްސީސީ ވެރިކަމަށް ކުރިމަތިލައްވާއިރު މިޞްރު މިވަގުތު އޮތީ  އިޤްތިޞާދީ ގޮތުން ދަތި ޙާލަތަކަށް ވެއްޓިފައެވެ. އަދި ރިކޯޑް މިންވަރަކަށް އެޤައުމުގެ އިންފްލޭޝަން ރޭޓް ވެސް ވަނީ މަތިވެފައެވެ.

"ކުރިއަށް އޮތް އިންތިޚާބުގަ ވާދަކުރަން ނިންމައިފިން، މި އިންތިޚާބު ކާމިޔާބު ކުރުމަކީ އަހަރެން ދެކޭ ހުވަފެނެއް، މިޞްރުގެ ރައްޔިތުންނަށް އަހަރެން މި ގޮވާލަނީ ކުރިއަށް މިއޮތް އިންތިޚާބުގައި ބައިވެރިވެ ޤައުމުގެ މުސްތަޤްބަލަށް ގޮތް ނިންމުމަށް ތިޔަހުރިހާ ރައްޔިތުންގެ ދައުރު އަދާކުރުމަށް"

އަލްސީސީ އެޤައުމުގެ ރައްޔިތުންނާއި މުޚާތަބު ކުރަމުން ވިދާޅުވެފައިވެއެވެ.

ޑިސެމްބަރު މަހުގެ 10 އަކުން 12 އަށް މިޞްރުގެ އިންތިޚާބު ކުރިއަށް ދާއިރު މި އިންތިޚާބުގައި ވޯޓް ލުމުގެ ހައްޤު 65 މިލިއަން މީހުންނަށް ލިބިގެން ވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަލްސީސީ އެންމެ ފުރަތަމަ މިޞްރުގެ ވެރިއެއްގެ ގޮތުގައި އިންތިޚާބު ވެފައިވަނީ 2014 ވަނަ އަހަރުއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު ބޭއްވުނު އިންތިޚާބު ވެސް އަލްސީސީ ވަނީ ކާމިޔާބު ކުރައްވައިފައެވެ. ދެފަހަރުވެސް 90 ޕަސެންޓަށް ވުރެ މަތިން އަލްސީސީ ވަނީ ވޯޓް ހޯއްދަވައިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.