ބަޑީގެ ހަމަލާދިނުމުގެ ހާދިސާ ހިނގި ސިއަމް ޕެރްގޮމް މޯލް. ފޮޓޯ:އަލްޖަޒީރާ
ބަޑީގެ ހަމަލާދިނުމުގެ ހާދިސާ ހިނގި ސިއަމް ޕެރްގޮމް މޯލް. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ 03 Oct 2023 | 17:52

ބެންކޮކްގެ މޯލް އެއްގައިދިން ބަޑީގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެ

ތައިލެންޑްގެ ވެރިކަންކުރާ ބެންކޮކްގެ ލަގްޒަރީ މޯލް އެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ މުޅި އޭޝިޔާ ބައްރުންވެސް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާކަމަށް ރިކޯޑް ކުރެވިފައިވާ މޯލް ކަމަށްވާ ސިއަމް ޕެރަގޮމް މޯލް ގައެވެ. ހާދިސާގައި މަރުވެފައިވަނީ ޗައިނާގެ މީހަކާއި މިޔަންމާގެ މީހެއް ކަމަށް ބީބީސީ ގައި ބުނެފައިވެއެވެ.

ތައިލެންޑް ޕޮލިހުން ބުނެފައިވަނީ ބަޑީގެ ހަމަލާތައް ދީފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށެވެ.

އަދި އަތު ބަޑިއެއް ބޭނުންކޮށްގެން ހަމަލާދިން މި 14 އަހަރުގެ ކުއްޖާ ވަނީ ޕޮލިހުންނަށް އަމާން ދީފައެވެ. އެއާއި އެކު ޕޮލިހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

މިހަމަލާތަކުގައި މަރުވި ދެމީހުންގެ އިތުރުން އިތުރު ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ސްރެއްތާ ތަވިސިން ވިދާޅުވެފައިވަނީ އެމޯލްގައި ހިނގައިދިޔަ އެހާދިސާ އަށް ތައިލެންޑް ފުލުހުން ވަގުތުން ހާޒިރުވެ އެތަނުގް ހާލަތު ޢާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.