ބަނގުރާފުޅި ތަަކަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ، ބަނގުރާ ފުޅި ގެންގުޅޭ ކަމާއި ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އާންމު ފަރާތަކުންކަމަށެވެ.
އެގޮތުން ލިބުނު މައުލޫމާތަކާއި ގުޅިގެން ނޮވެމްބަރ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް