އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް އަދި ނޮން އިންޑިޕެންޑެންޓް ނޮން އެގްޒެކެޓިވް ޑިރެކްޓަރ ދީނާ ހުސައިން ގަވާއިދު ކޮމިޓީގައި
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް އަދި ނޮން އިންޑިޕެންޑެންޓް ނޮން އެގްޒެކެޓިވް ޑިރެކްޓަރ ދީނާ ހުސައިން ގަވާއިދު ކޮމިޓީގައި
ހަބަރު 03 Nov 2022 | 08:57

ރީބްރޯޑްކާސްޓިން ގަވާއިދަށް ގެނައި އިސްލާހަކީ ފޮރިން އިންވެސްޓްމެންޓަށް އޮތް ހުރަހެއް: އުރީދޫ

ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހަކީ ދިވެހިރާއްޖެއަށް ލިބެން އޮތް ބޭރުގެ އިންވެސްޓްމަންޓްތަކަށް އޮތް ހުރަހެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުގައިވާގޮތުން ރީބްރޯޑްކާސްޓް ކުރަން އެދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާންޖެހެއެވެ. މިއާއެކު، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދީފައިވާ، ބޭރުގެ ހިއްސާވެސް އޮންނަ ކުންފުންޏެއް ކަމަށްވާ ދިރާގަށް އެ ފުރުސަތު ގެއްލިގެންދާއިރު، އުރީދޫއަށްވެސް ދެން އެ ފުރުސަތެއް ނުލިބޭނެއެވެ. އެހެނީ އުރީދޫ އަކީވެސް ބޭރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި ދިރާގުގެވެސް 52 ޕަސެންޓު ހިއްސާ އޮންނަނީ ބަހުރައިންގެ ކުންފުންޏެއް ކަމަށްވާ ބަޓެލްކޯއަށެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ މި ގެނައި އިސްލާހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އެ އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ ގާނޫނާއި ގަވާއިދު ހެދުމުގެ މިންގަނޑުތަކަށް ބަލާއިރުވެސް ރަނގަޅު ގަވާއިދެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު ނިޔާޒް ވިދާޅުވީ، އެ ގަވާއިދުގެ ސަބަބުން ގިނަ ބަޔަކަށް ވިޔަފާރީގެ ތެރެއަށް ނުކުމެވި ކޮންޕެޓިޓިވް މާހައުލެއްގައި އެކަން ކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށާ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ބްރޯޑްކާސްޓިން ގާނޫނަށް ވުރެ ފުޅާކޮށް ރެގިއުލޭޝަންސް އެއޮތީ ހެދިފަ. ގާނޫނު ހެދުމުގެ މިންގަނޑުތަކަށް ބަލާއިރުވެސް އެއީ ރަނގަޅު ގާނޫނެއް ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫގެ ނޮން އިންޑިޕެންޑެންޓް ނޮން އެގްޒެކެޓިވް ޑިރެކްޓަރު ދީނާ ހުސައިން މިގަވާއިދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، އުރީދޫގެ ޚިދުމަތްތައް ފުޅާކޮށް ގިނަ ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ގޮތަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ރީބްރޯޑްކާސްޓިން ލައިސެންސެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އާ އިސްލާހުގެ ސަބަބުން އެކަމަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ އިސްލާހު ގެނައުމުގައި ކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ބްރޯޑްކޮމްއަށް ސިޓީއެއް ހުށަހެޅުމަށް ފާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.