ނެދަލޭންޑްސް އާއި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
ނެދަލޭންޑްސް އާއި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
ކުޅިވަރު 03 Dec 2022 | 18:45

އެމެރިކާ އަތްދަށުކޮށް ނެދަލޭންޑްސް ވޯލްޑްކަޕުގެ ކުއާޓާފައިނަލަށް

އެމެރިކާ އަތުން ހޯދި މޮޅާއެކު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ނެދަލޭންޑްސް ވެއްޖެއެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނެދަލޭންޑްސް ކާމިޔާބުކޮށްފައި ވަނީ އެމެރިކާ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ކުއާޓާގައި ނެދަލޭންޑްސް ބައްދަލުކުރާނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. މިއީ އެ ޓީމު ކުއާޓާއަށް ދިޔަ ހަ ވަނަ ފަހަރެވެ.

މެޗުގެ 10 ވަނަ މިނެޓްގައި މެމްފިސް ޑެޕާއި ވަނީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފަ އެވެ. މިއީ ޑެންޒެލް ޑަމްފްރީސް އެމެރިކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފްގެ އެންމެފަހު މިނެޓްގައި ޑޭލީ ބްލިންޑް ވަނީ ނެދަލޭންޑްސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 76 ވަނަ މިނެޓްގައި ހާޖީ ރައިޓް ވަނީ ގޯލެއް ކާމިޔާބުކޮށް އެމެރިކާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އޭ

ނަތީޖާ އެއްވަރުކުރަން އެމެރިކާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ 81 ވަނަ މިނެޓްގައި ޑަމްފްރީސް ވަނީ ނެދަލޭންޑްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާ އިން އެޓީމަށް ޖާގަ ކަށަވަރުކޮށްދީފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި
01 Jul 2026 ކުޅިވަރު

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ. ނާސާގެ އިސްވެރިޔާ ޖެރެ...

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް
27 Dec 2022 ހަބަރު

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް

21 ވަނަ ގަރުނުގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް އަކަށް މިއަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑްކަޕް ހޮވިއްޖެ އެވެ. ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް...

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި
19 Dec 2022 ކުޅިވަރު

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި

ރޭ އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން އޭނާއަށް ތަށި ހަވާލުކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ އޭނާ އަށްދިން ކ...

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!
18 Dec 2022 ކުޅިވަރު

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ...

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން
18 Dec 2022 ކުޅިވަރު

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން

މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްގައި 3-1 ފުރާންސް މޮޅުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިމެޗުގައި ފްރާންސް ތަރި އެމްބާޕޭގެ ފަރާތުން 2 ގޯލް ފެނިގެން ދާނެކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ...

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި
18 Dec 2022 ކުޅިވަރު

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، ޕޯޗުގަލް ޓީމު ބަލިކުރުމަށްފަހު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޮރޮކޯގެ ކުޅުންތެރިއަކު އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރި ގޮތާއި ރާމާމަކުނާއި އެއް...