އިސްރާއީލު ގެ ހަރުކަށި ފިކުރުގެ މިނިސްޓަރު އިޓަމާރް އޭނާ ސެކިޔުރިޓީންނާއި އެކު
އިސްރާއީލު ގެ ހަރުކަށި ފިކުރުގެ މިނިސްޓަރު އިޓަމާރް އޭނާ ސެކިޔުރިޓީންނާއި އެކު
ހަބަރު 04 Jan 2023 | 05:03

ހަރުކަށިފިކުރުގެ ޔަހޫދީ މިނިސްޓަރެއް ވަރުގަދަ ސެކިޔުރިޓީ އާއި އެކު އަޤްސާ ތެރެއަށް

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ހަރުކަށި ފިކުރުގެ ޔަހޫދީ ފާ-ރައިޓް މިނިސްޓަރެއް ކަމަށްވާ އިޓަމާރް ބެން-ގުވީރ މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ ބިނާ އެއް ކަމަށްވާ މަސްޖިދުލް އަޤުޞާ އަށް ވަނުމާއި ގުޅިގެން އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށްފިއެވެ.

އިސްރާއީލު ގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރ އިޓަމާރް އިއްޔެގެ ވަގުތެއްގައި ފުރިހަމަ ސެކިޔުރިޓީ އާއި އެކު މަސްޖިދުލްއަޤްޞާ އަށް ވަނުމާއި ގުޅިގެން ފަލަސްޠީނުގެ އާއްމުންނާއި ހަމާސް ޖަމާއަތުން ވެސް ނުރުހުން ފާޅުކޮށްފައިވާއިރު، އޭނާގެ ހައްދުން ނައްޓާފައިވާ މިއަމަލަކީ މުސްލިމުން ގަސްތުގައި ރުޅި އަރުވާލައި ހަމަނުޖެހުންތަކެއް ފެށުމަށް ދިން ދައުވަތެއް ކަމަށް ފަލަސްޠީނުން ވަނީ ބުނެފައެވެ.

ގަސްތުގައި މުސްލިމުންގެ ލޭ ކައްކުވާލުމަށް އަޤުޞާ އަށް ވަނުމަށްފަހު އެކަމާއި ގުޅިގެން ހަމާސް ޖަމާއަތުން ވެސް ނުރުހުން ފާޅުކުރުމާއި ގުޅިގެން އިޓަމާރް ކުރި ޓުވީޓެއްގައި ވަނީ އޭނާ ހަމާސް ޖަމާއަތުން ދޭ އިންޒާރު ތަކަށް އެއްވެސް ބިރެއް ނުގަންނަ ކަމަށް ބުނެފައެވެ.

"އެ މިސްކިތަކީ (އަޤްސާ) އަކީ އެންމެނށް ވެސް ހުޅުވާލެވިފައިވާ ތަނެއް. އަދި ހަމާސް ޖަމާއަތުން އަހަރެންނަށް ބިރު ދެއްކޭނެ ކަމަށް ހީވާނަމަ އެމީހުންނަށް މިހާރު އެނގި ކަށަވަރުވެފައި އޮންނަންވާނީ ވަގުތާއި ހާލަތު މިހާރު ބަދަލުވެއްޖެ ކަން" އިޓަމާރް ގެ ޓުވީޓުގައި ވެއެވެ.

އިޓަމާރް އަކީ މިނިސްޓަރު ކަމަށް އައުމުގެ މާ ކުރިންވެސް، އަޤުޞާ މިސްކިތަށް ޔަހޫދީންނަށް ވަދެ އުޅެވެން ވާނެ ކަމަށް އަޑުއަރުކޮށް ވަކާލާތުކުރާ، ފަލަސްޠީނުގެ ރައްޔިތުންނާއި މުސްލިމުން ދެކެ ނުހަނު ރުޅިއަންނަ މީހެކެވެ.

އަދި އިޓަމާރް އަޤްޞާ އަށް ވަނުމާއި ގުޅިގެން ފަލަސްޠީނުގެ ބޮޑުވަޒީރު ވަނީ، ޔަހޫދީން އަގްސާ އަށް ވަނުން ހުއްޓުވުމަށް އެމީހުންނާއި ކުރިމަތިލުމަކަށް ދާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އިޓަމާރް، އަޤްޞާ މިސްކިތަށް ވަދެފައި މިވަނީ، އެ މިސްކިތް ޔަހޫދީންގެ ފައްޅިއަކަށް ހެދުމަށް އޭނާ ކުރާ މަސައްކަތް ހަގީގަތަކަށް ހެދުމަށް ރާވަމުންދާ ރޭވުން ހަގީގަތަކަށް ހެދުމުގެ ގޮތުން ކަމަށްވެސް ފަލަސްޠީނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.