ބްރިޖު މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފި
ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލާފައިވާ ކަމަށް 14:47 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާ މި ކާރު ދުއްވަން އެ ވަގުތު އިނީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް