މިރޭ މާލޭގައި ހަވާއަރުވަނީ
މިރޭ މާލޭގައި ހަވާއަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިރޭ 21:30 ގައި ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ ސޯލްޓް ރެސްޓޯރެންޓް ކުރިމަތިން މޫދުގައި ކަމަށެވެ.
ތިން މިނިޓެއް ދެމިގެންދާ ގޮތަށް މިރޭ ހަވާ އަރުވަނީ ޕްރައިވެޓް އިވެންޓެއްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން އާއްމުކޮށް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސިފްކޯ ކުންފުނިންނެވެ.
މިއީ އެމްއެންޑީއެފް އިން ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް