މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
އއ. މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ގެއްލިފައި ވަނީ މަތިވެރީ ރިވެލި، ހަސަން އަލީ (ހަސަންފުޅު) އެވެ.
ހަސަންފުޅު ވީތަނެއް ނޭނގިގެން ހޯދަމުން ދާކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން މަތިވެރީ ކައުންސިލަށް އެމްގުމަށް އެ ކައުންސިލުން ވަނީ އެދިފެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ކުރެވިފައި ނުވާ ކަަމަށެވެ. އެމީހާ ފެނިފައި ނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ޑައިވް ކޮށްގެން ރަށުގެ ފަޅުތެރެ ބެލުމުގެ މަސައްކަތް ކުރަމުން ދާއިރު ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ބަލާފައި ވާކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް އަދިވެސް އިތުރު ތަންތަން ބަލަމުން ދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް