ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ޤާނޫނުގައި މުއްދަތު އިތުރުކުރުމަށް ހުށަހެޅުނު އިސްލާހު ފާސްކޮށްފިއެވެ.
އެގޮތުން މިއަދުގެ ރައްޔިތުން މަޖްލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.
މިއިސްލާހު ބަލައިގެންފައިވަނީ ވޯޓު ދެއްވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޓައިމްލައިންގައިވާ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނީ ޖުލައި 23 އިން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް