ވިސާ ނެތަސް ދިވެހިންނަށް ދެން ކެމްބޯޑިއާ އަށް ދެވޭނެ
ވިސާ ނެތަސް ދިވެހިންނަށް ކެމްބޯޑިއާއަށް ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ކެމްބޯޑިއާ އަށް ދަތުރުކުރާ ފަރާތްތަކުން ކުރީބައިގައި ވިސާ ނުހޯދިޔަސް ކެމްބޯޑިޔާ އަށް އެތެރެވުމުން 30 ދުވަހުގެ ވިސާ ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން މިގޮތަށް ވިސާ ލިބެމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
30 ދުވަހުގެ އޮން އެރައިވަލް ވިސާ ކެމްބޯޑިޔާއިން ދިން ނަމަވެސް ދިގު މުއްދަތަކަށް އެ ޤައުމަށް ދާނަމަ ކުރީބައިގައި ވިސާގެ ކަންކަން ހަމަޖައްސަން ޖެހެއެވެ. އަދި ތަޢުލީމު ހާސިލް ކުރުމަށާއި، ވިޔަފާރި ދަތުރު ތަކަށް ދާ މީހުންވެސް ކުރީބައިގައި ވިސާ ހޯދަންޖެހެއެވެ.
ކެމްބޯޑިއާއިން ރާއްޖެއަށް އޮންއެރައިވަލް ވިސާ ދޫކުރަން މިފެށީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު މިއަހަރުގެ ޖެނުއަރީ މަހު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުންނެވެ.
މިހާރު 94 ޤައުމަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް