ގްރޭޓާމާލެ އެމަޖެންސީ ބެކަަޕް ޕަވާޕްލާންޓްގެ މަސައްކަތް ނިމިއްޖެ
ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ބަާ އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް ކަމަށެވެ. މި ޕަވަރޕްލާންޓަކީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، އެކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާމާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އަދި މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ސްޓެލްކޯއިން ފާހަގަ ކުރިއެވެ.
މި އެމަރޖެންސީ ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަން މެނޭޖިންގ ޑިރެކްްޓަރ އަހުމަދު ޝަރީފް ވަނީ ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އަދި މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާރހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް