ދިދަ ތިރިކުރަން އުޅެނިކޮށް ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެ!
ދާރުލް އާސާރުގައި ހުންނަ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި، އެތަނުގެ ސެކިއުރިޓީ ގާޑު، ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ ގާތްގަނޑަކަށް 18:00 ގައި، ދާރުލް އާސާރުގެ ސެކިޔުރިޓީ ގާޑު، އެތަނުގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓި ޒަޚަމްވެފައިވާ ކަމަށެވެ.
އަދި އެމީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށާ، އޭނާ އަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް