ހއ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު ނެރެފި
ވިއްސާރަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 ހަވީރުގެ 16:00 އާއި ހަމައަށް ހުދު ސަމާލު ދިގު ދެމިގެން ދާނެ ކަމަށެވެ.
އަދި މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އިއްޔެވެސް މެޓް އޮފީހުން ވަނީ ލ އަތޮޅުން ފެށިގެން އައްޑު އަށް ދެފަހަރެއްގެ މަތިން ރީނދޫ ސަމާލު ނެރެފައެެވެ.
ދުވަސް ވަރަކީ ވިއްސާރަވެ މޫސުން ގޯސްވެފައިވާ ދުވަސް ވަރެއް ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް