ޙައްޖުގެ އަޅުކަމަށް ފަހު އަމީރުލް ޙައްޖު، ރާއްޖެ ވަޑައިގެންފި
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖޭގެ އަމީރުލް ޙައްޖެއްގެ ގޮތުގައި ވަޑައިގަތް ނައިބު ރައީސް ފައިސަލް ނަސީމް އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުކަމަށް ރައީސް އޮފީހުން ހާމަ ކުރައްވައިފައިވެއެވެ.
އަމީރުލް ހައްޖު މިއަދު ރާއްޖެ ވަޑައިގަތަސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަން ދިޔަ ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވާ ހުކުރު ދުވަހުން ފެށިގެނެވެ.
އެންމެ ފަހުގެ ގްރޫޕު އައުމަށް ހަމަޖެހިފައިވަނީ 14 ވަނަ ދުވަހުއެވެ. މި އަހަރު ރާއްޖެއިން 1140 މީހަކު ޙައްޖުވުމަށް ސަޢުދީއަށް ގޮސްފައިވެއެވެ.
މިއަހަރު ޙައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ޢުމުރުން ދުވަސްވީ 3 ފިރިހެނަކުވަނީ ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް