ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ހަބަރު 04 Sep 2022 | 10:02

އީޕީއޭ އަކީ އެފްކޯންސްގެ ޑިޕާޓުމަންޓެއް ނޫން: ސައީދު

އެންވައަރުމަންޓު ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ކުންފުނީގެ ޑިޕާޓުމަންޓެއް ނޫންކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖުއެޅުމަށް އެފްކޯންސް ކުންފުނިން ހެދި ޕްލެޓްފޯމު ހައްޔަރުން ނެއްޓި ވިލިމާލޭ ފަރަށް އެރުމާއި ގުޅިގެން މިހާތަނަށް އެފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އީޕީއިން ފަށާފައިނުވާތީ ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ފްލްޓުފޯމު ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތާއި ގުޅޭގޮތުން އީޕީއޭއިން ބުނީ ޕްލެޓުމޯނު ފަރަށް އެރުމުގެ ސަބަބުން ބައެއް ތަކެތި އެ ސަރަހައްދަށް ވެއްޓިފައިވާކަމަށެވެ. އަދި ޕްލެޓްފޯމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމުގެ މަސައްކަތް ފެށޭނީ އެފްކޯންސް ކުންފުނިން އެތަން ސާފުކުރުމުންކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ފަރަށް ލިބުނު ގެއްލުން ދިރާސާނުކޮށް ލަސްކުރަމުންދާ ދިއުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޕީއޭއަކީ އެފްކޯންސްގެ ޑިޕާޓުމަންޓެއް ނޫންކަމަށެވެ. ގާނޫނު ޒިންމާ އޮތްކަމެއްގައި ސަރުކާރުގެ ނުފޫޒު އިސްކުރާކަމަށް ނުޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.

އީޕީއޭއަށް ފާޑުކިޔުން އަމާޒުކުރައްވާ ސައީދު އިތުރަށް ވިދާޅުވީ، މީގެ ކުރިން އެ އިދާރާއަކީ ރިސޯޓަކުން ނުވަތަ ރަށެއްގެ ގޮނޑުދޮށުން އާންމު ފަރުދަކު ވެލިމުށެއް ނެގިޔަސް ގައުމު ހުއްޓުމަކަށް ގެންނަ އިދާރާއެއްކަމަށެވެ.

އެއާއެކު އޭނާ ވަނީ އިންޑިއާގެ އެފްކޯންސްއާއި ޖެހުމުން ރާއްޖޭގެ ތިމާވެއްޓަށް ލިބުނު ގެއްލުން ދިރާސާކުރުން ފަސްކުރުމަށް ގިނަ ހުތްޖަތްތަކެއް ދައްކާ ސަބަބަކީ ކޮބައިތޯ އައްސަވާ ސުވާލުވެސް ކުރައްވާފައެވެ.

ތިލަމާލެ ބްރިޖުއެޅުމުގެ މަސައްކަތް ކުރުމަށް އިންޑިއާގެ އެފްކޯންސް ކުންފުނިން ހެދި ޕްލެޓްފޯމު ހައްޔަރުން ނެއްޓި ވިލިމާލޭ ފަރަށް އެރީ އޯގަސްޓުމަހުގެ 16ގައެވެ.

އެފްކޯންސް ކުންފުނިން ޕްލެޓްފޯމު ފުންކޮށްފައިވަނީ ފަރަށް އެރުމުގެ ސަބަބުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށް އެ ދާއިރާގެ މަޖިލީސް މެމްބަރު ކުއްލި މައްސަލައެއް ހުށައަޅާ، އެތައް ކަންބޮޑުވުންތަކެއް ފާޅުކުރިން ފަހުންނެވެ.

ޕްލެޓް ފޯމު ފުންކުރުމަށް ގާތްގަނޑަކަށް ދެ ހަފްތާގެ މުއްދަތެއް ނަގާފައިވާއިރު، އަދިވެސް އެ ސަރަހައްދު އެ ކުންފުން ސާފުކޮށްފައެއް ނުވެއެވެ.

މީގެ ކުރިން މިފަދަ މައްސަލަތަކުގައި ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ. އެހެން ނަމަވެސް އެފްކޯންސް ކުންފުނީގެ އިހުމާލުން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ ދިރާސާގެ މަސައްކަތް އަދި އީޕީއޭއިން ފަށާފައިވެސް ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.