އާދަމް ނާއިފް
އާދަމް ނާއިފް
ރިޕޯޓް 04 Sep 2023 | 06:43

އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!

ފޮޓޯ ނެގުމުގެ ދާއިރާއަށް އާދަމް ނާއިފް ގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ މެލޭޝިޔާގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އޭރު ކިޔަވަމުން ދިޔަ ކޯހުގެ އެއް މޮޑިއުލް ގެ ގޮތުގައި ފޮޓޯގްރަފީ ކިޔެވި ހިސާބުންނެވެ. އެދުވަސްވަރު ފޮޓޯގްރަފީއަށް އުފެދުނު ޝައުގުވެރިކަމާއެކު، ކޯސް ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސް ނާއިފް މަސައްކަތް ކުރަންފެށީ އެކި އެކި ފޮޓޯ ސްޓޫޑިއޯ ތަކުގައި ފޮޓޯގްރަފަރެއްގެ ގޮތުގައެވެ.

މަސައްކަތާއި ތަޖުރިބާ

ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ނާއިފް އެންމެ ފުރަތަމަ މަސައްކަތްކުރި ތަންތަނުގެ ތެރޭގައި "ޕްރޯ ސްޓޫޑިއޯ" އެފްޑީއައި" ރީތި ފޮޓޯ" "ޕޯޓްރިއޭޓް" ކަލަރ ޕްރޮފައިލް" ފަދަ މަޝްހޫރު ސްޓޫޑިއޯތައް ހިމެނެއެވެ.

އެ ތަންތަނުގައި މަސައްކަތް ކުރި ދުވަސްވަރު މަސައްކަތް ކުރުމަށް ލިބުނު ބޮޑެތި ޕްރޮޖެކްޓްތަކުން ފޮޓޯގްރާފީގެ ދާއިރާގައި އޭނާއަށް އެންމެ ބޮޑެތި ތަޖުރިބާތައް ހާސިލްކުރެވި އައު ގިނަ ކަންކަންވެސް ދަސްކުރިއެވެ.

ނާއިފްގެ ބައެެއް މަސައްކަތްތައް 

އެއަށްފަހު 2010 ވަނަ އަހަރު، އޭރު ހިންގަމުން އައި ސްޓޫޑިއޯއެއްް ކަމަށްވާ ޕޯޓްރިއޭޓް އަލްބަމް ވިއްކާލުމަށް ތަނުގެ މެނޭޖްމަންޓުން އުޅުމުން ނާއިފްއާއި އެކުވެރިން ކޮޅެއް ހިމެނޭހެން އެ ސްޓޫޑިއޯ ނެގިއެވެ. އެގޮތުން 2017 ވަނަ އަހަރާއި ހަމައަށް ޕޯޓްރިއޭޓް އަލްބަމްގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ ބައެއް ސަބަބުތަކާހުރެ އެ މަސައްކަތުން އެއްފަރާވެލަން ނާއިފް ނިންމިއެވެ.

އެއަށްފަހު 2019 ވަނަ އަހަރާއި ހަމައަށް ފޮޓޯ ނެގުމުގެ ރަސްމީ މަސައްކަތާއި އެ ފަރާތުގައި ނަމަވެސް އަމިއްލަ ހޮބީއެއްގެ ގޮތުގައި ފޮޓޯ ނެގުމުގެ މަސައްކަތު ތެރޭގައި އުޅެމުން އައިސް 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ފޮޓޯގްރަފަރެއްގެ ގޮތުގައި ނާއިފް މަސައްކަތްކުރަން ފެށިއެވެ.

ކިޔަވައިދިނުން

2010 ވަނަ އަހަރުން ފެށިގެންވެސް ނާއިފް އައި ފޮޓޯގްރާފީ އުނގަންނައިދިނުމުގައި މަސައްކަތް ކުރަމުންނެވެ. އޭރު މަސައްކަތް ކުރި ސްޓޫޑިއޯތަކަށް ފޮޓޯގްރާފީ އުނގެނުމަށް އަންނަ ކުދިންނަށް ފޮޓޯގްރާފީ އުނގަންނައިދިނުމުގައި ނާއިފް އައީ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުންނެވެ.

އެއަށްފަހު ރައީސް ޔާމިނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ތައާރަފްކުރި ދަސްވާރު ޕްރޮގްރާމްގައި ފޮޓޯގްރާފީ އުނގަންނައިދިނުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވި ޓީޗަރުންގެ ތެރޭގައި ނާއިފްވެސް ހިމެނުނެވެ. އެގޮތުން 2 އަހަރު ވަންދެން ޓިވެޓް އޮތޯރިޓީއާއެކު ސްކޫލު ކުދިންނަށް ފޮޓޯގްރާފީ އުނގަންނައިދިނުމުގައި ނާއިފް ހަރަކާތްތެރިވިއެވެ.

ނާއިފްގެ ބައެެއް މަސައްކަތްތައް

އެހިސާބުން ފެށިގެން ފޮޓޯގްރާފީ ކިޔަވައިދިނުމުގެ ތެރެެއަށް ނާއިފްގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ވަދެގެން ދިޔައެވެ.

އަސްލު ކިޔަވައިދިނުމަކީ އަމިއްލަ މީހާއަށްވެސް ވަރަށް ގިނަ އެއްޗިހިތަކެއް ދަސްވާ ކަމެއް

ނާއިފް

އޭގެ ފަހުން ފާއިތު މިވީ އަހަރެއްހާ ދުވަހު އަމިއްލަ އިންސްޓިޓިއުޓްޓަކުން ހިންގި ފޮޓޯގްރާފީ އޮންލައިން ކޯސްތަކަށް ވެސް ނާއިފް ވަނީ ކިޔަވައިދީފައެވެ.

އިންފިނިކާ އެކަޑަމީ

އިންފިނިކާ އެކަޑަމީއަކީ ނާއިފްއާއި އޭނާގެ ދެ ކޮއްކޮ ގުޅިގެން ލޭންގުއޭޖް އަދި ސްކިލްސްގެ ތަމްރީނުތަކަށް ހާއްސަ ކުރެވިގެން ކޯސްތައް ކުރިއަށް ގެންދިއުމަށް ފެށި ޕްރޮޖެކްޓެކެވެ.

މީގެ ތެރެއިންވެސް އިންފިނިކާ އެކަޑަމީ ހާއްސަވަނީ ފޮޓޯ ނެގުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ކޯސްތަކަށެވެ. އެއީ ނާއިފްގެ މަސައްކަތްތައް ވެސް ހާއްސަވާ ދާއިރާތަކުގައި ވާތީއާއެކުއެވެ.

ކޯސްތައް

އިންފިނިކާ އެކަޑަމީގެ ފަރާތުން ފޮޓޯނެގުމުގެ ހުނަރުތަކަށް ހާއްސަ ކޯސްތަކެއްގެ ފިޒިކަލް 2 ބެޗެއް އަދި އޮންލައިން 3 ބެޗަކަށް މިހާތަނަށް ކިޔެވުން ފުރިހަމަ ކޮށްފައިވެއެވެ. އެގޮތުން ފާއިތުވި ދެމަސްދުވަހު ހިންގުނު މި މީސްތަކުން ޖުމުލަ 70 އެއްހާ ކުދިންވަނީ ކޯސްތައް ފުރިހަމަކޮށްފައެވެ. އެއީ އިންޓްރޮޑަކްޝަން އޮފް ފޮޓޯގްރާފީ ކްލާސްތަކެކެވެ. އެހެން ނަމަވެސް އިންފިނިކާ އެކަޑަމީގެ ފަރާތުން މިފަހަރު މި ތައާރަފްކުރަނީ ފޮޓޯގްރަފީގެ އެޑްވާންސް ކްލާހެެކެވެ.

އިންފިނިކާ އެކަޑަމީގެ ބޭސިކް ފޮޓޯގްރަފީ ކޯސް 

އިންފިނިކާ އެކަޑަމީގެ ފިޒިކަލް ކްލާސްތައް ކުރިއަށް ގެންދަނީ އެ އެކަޑަމީގެ ރަސްމީ ސްޓޫޑިއޯގައެވެ. ވުމާއެކު މި ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުން ކިޔަވަން އަންނަ އިރު އަމިއްލަ ކެމެރާއެއް އޮތުން އެއީ ފައިދާއެއް ނަމަވެސް ކެމެރާ ނެތް ކުދިންނަށްވެސް ކޯހަށް ބޭނުންވާ ކެމެރާ އިންފިނިކާ އެކަޑަމީގެ ފަރާތުން ފޯރުކޮށްދެއެވެ.

އިންފިނިކާ އެކަޑަމީގެ އެޑްވާންސް ފޮޓޯގްރާފީ ކޯސް

މީގެ އިތުރުން އޮންލައިން ކޯސްތަކުގައި ކިޔަވާ ކުދިންނަށް އަސާސީ ހުނަރުތައް ކިޔަވައި ދިނުމަށްފަހު ފޯނު ބޭނުންކޮށްގެން އެ ހުނަރު ތަރައްގީކުރުމަށް އިންފިނިކާ ގެ ކޯސްތަކުގައި ދަސްކޮށްދެވޭނެއެވެ.

އިންފިނިކާ އެކަޑަމީން ކޯސް ފުރިހަމަ ކުރާ ކުދިންގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ބޭނުންވާ ކުދިންނަށް ވަޒީފާތައް ހޯދައި ދިނުމުގައިވެސް އަޅުގަނޑުމެން އެހީތެރިވެދެން

ނާއިފް

މީގެ އިތުރުން އިންފިނިކާ އެކަޑަމީގެ ކޯސްތަކުގައި އަމިއްލަ ފޯނު ބޭނުންކޮށްގެން ކޮލެޓީ ރަނގަޅު ފޮޓޯ ނަގާނެ ހުނަރުވެސް އަންނަނީ ދަސްކޮށްދެމުންނެވެ.

ޕޯޓްރިއޭޓް ފޮޓޯގްރާފީ މާސްޓަރ ކްލާސް

މި ކޯހުގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ، ޕޯޓްރިއޭޓް ފޮޓޯގްރާފީއަކީ ކޮބައިކަމާއި، ޕޯޓްރިއޭޓް ފޮޓޯގްރާފީގެ ލައިޓިންގ އާއި ކޮމްޕޮސިޝަން ގެ އިތުރުން ޕޯސިންގ އާއި އެރޭޖެމެންޓް ފަދަ ހުނަރުތަކެވެ. މީގެ އިތުރުން މި ކޯސް ފަރުމާ ކުރެވިފައިވަނީ ކޯސް ފުރިހަމަ ކުރާއިރު ޕޯޓްރިއޭޓް ފޮޓޯއެއް އޭގެ ޒާތުގައި ނެގުމަށް ދަވާނެގޮަތަށެވެ.

ނާއިފްގެ ބައެެއް މަސައްކަތްތައް

ކޯސް ފުރިހަމަކުރުން

އިންފިނިކާގެ ކޯސްތައް ފުރިހަމަ ކުރުމަށްޓަކައި ދެވޭ އެސައިންމަންޓްއިން ފާސްވުމުން އެކަޑަމީގެ ކޯސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ދެވޭނެއެވެ.

މި ސެޓްފިކެޓަކީ އިންފިނިކާ އެކަޑެމީގެ ޕާރޓްނަރ ކޮމްޕެނީތަކުން ވަޒީފާގެ ފުރުސަތުތައް ދިނުމުގައި ބަލައިގަންނަ އެ ފުރުސަތު ފަހިވާނެ ސެޓްފިކެޓެކެވެ.

ކުރިމަގު

ނާއިފް ފާހަގަ ކުރާ ގޮތުގައި ފޮޓޯގްރަފީ އިން ކުރިއަށް ދިއުމަށް މުހިއްމީ ފޮޓޯގްރަފީ ކޯހެއް ހެދުމުގެ އިތުރުން އަމަލީ ގޮތުން އެ މަސައްކަތް ކުރުންކަމުގައެވެ. ވުމާއެކު އިންފިނިކާ އިން ބޭސިކް ފޮޓޯގްރަފީ ކޯސް ފުރިހަމަ ކުރި ވަރަށްގިނަ ކުދިންނެއް އެޑްވާންސް ފޮޓޯގްރާފީ ކޯހަށް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ނާއިފްގެ ބައެެއް މަސައްކަތްތައް

އެގޮތުން ކުރިކަމުގައި އިންފިނިކާ އެކަޑަމީގެ ފަރާތުން "ފުޑް ފޮޓޯގްރާފީ" ޕްރޮޑަކްޓް ފޮޓޯގްރާފީ" އަދި "ފޮޓޯގްރާފީ ޖާރނަލިޒަމް" ފަދަ ކޯސްތައް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުންވެސް ބެރުގެ ބައެއް ފޮޓޯގްރާފަރުން ގެނެސްގެން އިންފިނިކާ ގެ ކޯސްތަކުގައި ކިޔަވައިދިނުމަށްވެސް އަންނަނީ ރޭވި އެކަމުގެ މަސައްކަތްތައް ކުރެވެމުންނެވެ. އެގޮތުން އިންފިނިކާ އެކަޑަމީގެ ބޭސިކް ކޯހުގެ ބެޗްތަކުން ރަނގަޅު ޑާޓާ ބޭސްއެއް އުފެދުމުން އެ ދަރިވަރުންނަށް ހާއްްސަކުރެވިގެން ބޭރުގެ ފޮޓޯގްރަފަރެއް ގެނައުމުގެ މަސައްކަތް އިންފިނިކާއިން އަންނަނީ ކުރަމުންނެވެ.

ކީއްވެ އިންފިނިކާ؟

އިންފިނިކާއިން ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ހުރި ފައިދާތައްވެސް ނުހަނު ގިނައެވެ. އެގޮތުން އިންފިނިކާ އެކަޑަމީގެ ކޯ ސްޕޮންސަރ ރަންފައުނު ގެ ފަރާތުން އިންފިނިކާ އެކަޑަމީގެ ދަރިވަރުންނަށް ބޭނުންވާ ތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދޭނެއެވެ.

އަދި އިންފިނިކާ ގެ ސްޓޫޑިއޯ، އިންފިނިކާ ގެ ދަރިވަރުންގެ އަމިއްލަ މަސައްކަތްތަކާއީ އެހެން ކަންކަމުގައިވެސް ކުއްޔަށްވެސް ނެގޭނެއެވެ.

ނާއިފްގެ ބައެެއް މަސައްކަތްތައް

މުސްތަގްބަލު

އިންފިނިކާގެ އެންމެ ބޮޑު އަމާޒަކީ ފޮޓޯގްރާފީގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ އެންމެހައި ފަރާތްތަކަށްވެސް އެ ފުރުސަތު ފަހިކޮށްދިނުމާއި ފޮޓޯގްރާފީގެ މަސައްކަތުން ރަނގަޅު އާމްދަނީ އެއް ހޯދޭނެ ފުރުސަތުތައް ގާއިމްކޮށްދިނުން ކަމުގައެވެ.

އަދި މުސްތަގުބަލުގައި ފޮޓޯގްރާފީގެ އިތުރު ކޯސްތަކަކާއެކު އެމްއެކިއުއޭ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކެއް ހިންގުމަކީ އިންފިނިކާ އެކަޑަމީގެ އެންމެ ބޮޑު އަމާޒެވެ.

މައުލޫމާތު ސާފުކުރުން

އިންފިނިކާ އެކަޑަމީއާއި ބެހޭ މައުލޫމާތުތައް އެ އެކަޑަމީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތުތައް 7464643 މި ނަމްބަރާއި ގުޅައިގެންވެސް ސާފުކުރެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޝިމްލާ: ތައުލީމަށް އުފަންކުރި ލޯބީގެ މަތީގައި 35 އަހަރު
11 Oct 2023 ރިޕޯޓް

ޝިމްލާ: ތައުލީމަށް އުފަންކުރި ލޯބީގެ މަތީގައި 35 އަހަރު

ތައާރަފް 1989 ވަނަ އަހަރު ތަޢުލީމީ ދާއިރާއާއި ގުޅުނު ޝިމްލާ ނަޖީބަކީ ޞަލާހުއްދީން ސްކޫލުގެ ޕްރައިމަރީ ދިވެހި ޓީޗަރެކެވެ. މެދު ނުކެނޑި 35 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގެ ދެމި ހުރި 54 އަހަރު...

05 Oct 2023 ރިޕޯޓް

ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު

ތަޢާރަފް 2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރާ ހުސައިންފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގަ...

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!
23 Aug 2023 ހަބަރު

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!

މިއީ ތަޢުލީމީ އޮޑިއެއްގެ ދަތުރަށް ފަރިތަ، ކުޅަދާނަ އަދި އެހާމެ ކެރޭ މާލިމީއެއްގެ ވާހަކައެވެ. ދުރުވިސްނޭ ސިޔާސަތެއްގެ ވޮށުގެ އަލިކަމުން އާންމު ތަޢުލީމަކުން ތައުލީމުގެ އައު ހަރުފަތަކަށް ރަށެއް ގެންގޮސްދ...

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ
23 Jul 2023 ހަބަރު

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ

އައްޑިހައިގެ އަަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި  މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އުމުރުން 72 އަހަރުފުޅުގައި ޝާހިދު ނިޔާވީ ވަރަށް ގިނަ ދުވަހ...

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
05 Jul 2023 ރިޕޯޓް

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!

ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށ...

ޝިރާނީ؛ 4 ދަރިންގެ ޒިންމާ އުފުލަމުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް
08 Mar 2023 ރިޕޯޓް

ޝިރާނީ؛ 4 ދަރިންގެ ޒިންމާ އުފުލަމުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް

މީހުން ބުނެ އުޅޭތީ އަހަމެވެ. މައިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި އަންނަ ކަޅު ވިލާގަނޑުގެ ތެރޭގައި، އެއް ރާޅު މައްޗަށް އަނެއް ރާޅު ނަގަމުން އަންނައިރުވެސް އަމިއްލަ ދަރިންގެ ހ...