ފޮޓޯ: ޒުވާން ދަނޑުވެރިޔާ
ފޮޓޯ: ޒުވާން ދަނޑުވެރިޔާ
ރިޕޯޓް 24 Oct 2026 | 10:31

ކޮފީ ހައްދައި، "ޒުވާން ދަނޑުވެރިޔާ" ތާރީޚީ ކާމިޔާބީއަކާ ދިމާލަށް

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތަކީ ޤައުމީ ފުދުންތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ނުހަނު މުހިންމު ދާއިރާއެކެވެ. މި ދާއިރާއިން އާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އައްޑޫ މީދުއަށް އުފަން ޢަބްދުﷲ ރަމްޒީ (ޒުވާން ދަނޑުވެރިޔާ) މިވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ފަދަ ނަތީޖާއެއް ހޯދާފައެވެ. އޭނާ ދެކެމުން އައި ހަތަރު ހުވަފެން މިހާރު މިވަނީ ޙަޤީޤަތަކަށް ހަދާފައެވެ. އެއީ ފުޅާ ދާއިރާއެއްގައި ޑްރެގަންފްރުޓް، ކިއުކަމްބާ އަދި މޭބިސްކަދުރު ހެއްދުމުގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ވެސް އަލަށް ކޮފީ ގަސް ހެއްދުމުގެ މަސައްކަތެވެ. ކޮފީ ހެއްދުމަކީ ރަމްޒީ ވަރަށް ކުރިންސުރެ ކަނޑައަޅައިގެން ހުރި އެންމެ ބޮޑު ޢަޒުމެވެ.

ކޮފީގަސް ހެއްދުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތް

ރަމްޒީ މި ދާއިރާއަށް ޝައުޤުވެރިވީ އޭނާގެ ކާފައާއި، މާމަ އަދި ބޭބެމެން ކުރި ބުރަ މަސައްކަތްތައް ފެނި، އަމިއްލަ ފަސްގަނޑުގައި ދިރިއުޅެން ބޭނުންވުމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ދަނޑުވެރިކަމުގެ ތެރެއަށް ނުކުމެ، ފުރަތަމަ ޑްރެގަންފްރުޓް ހައްދަން ފެށުމަށްފަހު، ވިޔަފާރި އުސޫލުން ކިއުކަމްބާ އަދި މޭބިސްކަދުރު ވެސް ކާމިޔާބުކަމާއެކު ހެއްދިއެވެ. ނަމަވެސް، އޭނާގެ ހިތުގައި އަބަދުވެސް އޮތް އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ ބިމުގައި ކޮފީ ގަސް ހައްދައި، ކޮފީ އޮށް އުފެއްދުމެވެ. މި ވާހަކަ 2021 ވަނަ އަހަރު ޓީވީ މޯލްޑިވްސްއަށް ދިން އިންޓަވިއުއެއްގައި ވެސް އޭނާ ހާމަކުރިއެވެ. އަދި މިފަހުން އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއެކު މި ޚަބަރު ވަނީ މުޅި ރާއްޖެއަށް ވައިރަލްވެގެން ގޮސްފައެވެ.

ކޮފީގަސް ހެއްދުމަށް ކުރި ދަތުރު

ވޮއިސްއަށް މި ވާހަކަ ކިޔައިދެމުން ރަމްޒީ ބުނީ މި އުންމީދު ޙަޤީޤަތަކަށް ހެދުމަށް އޭނާ ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ޕާކިސްތާނުން ކޮފީ ގަސް ގެނެސްގެން ކުރި ފުރަތަމަ މަސައްކަތް ދިޔައީ ނާކާމިޔާބު ވެގެންނެވެ. އެހެންނަމަވެސް، ކެތްތެރިކަމާއެކު އުންމީދު ކަނޑާނުލައި، 2022 ވަނަ އަހަރު އަނެއްކާވެސް ސްރީލަންކާއިން 4-5 އިންޗީގެ ޅަ ކޮފީ ގަސް ގެނައެވެ. ރާއްޖޭގެ ހޫނުގަދަ މާހައުލަށް އެ ގަސްތައް ހޭނުވުމަށްޓަކައި، ގާތްގަނޑަކަށް 80 އިންސައްތަ ހިޔާވާނެހެން ގަސްމުށީގައި އިންދައިގެން ރަމްޒީ ބެލެހެއްޓިއެވެ. އަދި ދޭތެރެދޭތެރެއިން އަވީގައި ބަހައްޓަމުންނާއި، ފަސްގަނޑުގެ ޕީ.އެޗް ލެވެލް (pH 6) އެސިޑިކް މިންވަރުގައި ހިފަހައްޓައިގެން އަހަރެއްހާ ދުވަހު ނުހަނު ފަރުވާތެރިކަމާއެކު މަސައްކަތް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރު ނިމެން އުޅެނިކޮށް، ސީދާ އަވީގެ ތެރޭގައި އެ ގަސްތައް ހެދިބޮޑުވާ މިންވަރަށް ހާނުވައިލެވުނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ކުރީކޮޅު ގަހުގައި މާ އަޅަން ފެށި. ނަމަވެސް، ޤުދުރަތީ ގޮތުން ޕޮލިނޭޓް ނުވާތީ މާތައް ކޮފީ އޮށަކަށް ބަދަލެއް ނުވި. އެހެންވެ، ޕޮލިނޭޓަރުން ޝައުޤުވެރި ކުރުވުމަށްޓަކައި ގަސް ކައިރީގައި މާގަސްތައް އިންދައި، އަދި އަމިއްލައަށް (މެނުއަލްކޮށް) ޕޮލިނޭޓް ކުރަން ކުރި މަސައްކަތް ވެސް ފުރަތަމަ ތިން ފަހަރު ދިޔައީ ނާކާމިޔާބު ވެގެން

އެހެންނަމަވެސް، ހިތްވަރު އެލުވާނުލައި، ބޮޑުވެފައިވާ ގަސްތަކުން އެއަރ ލޭޔަރިންގ (air layering) ހަދައިގެން އިތުރު ގަސް އުފައްދައި، ކުރި މިންނެތް މަސައްކަތުން މިހާރު ވަނީ މި ޢަޒުމް ކާމިޔާބު ވެފައެވެ. ރަމްޒީ ބުނީ މިއީ ވަރަށް ގިނަ ގޮންޖެހުންތަކާއި، އެކި ފާޑުކިޔުންތަކާ ކުރިމަތިލައި ހޯދި ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

މިހާރު އޭނާ ހައްދާ ކިއުކަމްބާ ފަދަ ތަކެތި ކާމިޔާބުކަމާއެކު ބާޒާރަށް ނެރެވެމުންދާ ފަދައިން، އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވިޔަފާރި އުސޫލުން ކޮފީ އުފެއްދުމަކީ ރަމްޒީގެ އެންމެ ބޮޑު އުންމީދެވެ. އޭނާގެ ކުރިމަގުގެ އަމާޒަކީ މި ކޮންމެ ގަހަކުން އިތުރު 10 ގަސް އުފައްދައި، ރާއްޖޭގައި އަލަށް ތަޢާރަފުކުރި މި ކޮފީ އުފެއްދުން ވިޔަފާރީގެ ފުޅާ ދާއިރާއަކަށް ފުޅާކޮށްލުމެވެ. ޒުވާން ދަނޑުވެރިޔާ މި ދައްކުވައިދިން ސާބިތުކަމަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނުވައި، ދިވެހި ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ރިވެތި ނަމޫނާއެއް ދައްކުވައިދިން އުންމީދީ ފެށުމެއްކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޝިމްލާ: ތައުލީމަށް އުފަންކުރި ލޯބީގެ މަތީގައި 35 އަހަރު
11 Oct 2023 ރިޕޯޓް

ޝިމްލާ: ތައުލީމަށް އުފަންކުރި ލޯބީގެ މަތީގައި 35 އަހަރު

ތައާރަފް 1989 ވަނަ އަހަރު ތަޢުލީމީ ދާއިރާއާއި ގުޅުނު ޝިމްލާ ނަޖީބަކީ ޞަލާހުއްދީން ސްކޫލުގެ ޕްރައިމަރީ ދިވެހި ޓީޗަރެކެވެ. މެދު ނުކެނޑި 35 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގެ ދެމި ހުރި 54 އަހަރު...

05 Oct 2023 ރިޕޯޓް

ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު

ތަޢާރަފް 2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރާ ހުސައިންފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގަ...

އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!
04 Sep 2023 ރިޕޯޓް

އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!

ފޮޓޯ ނެގުމުގެ ދާއިރާއަށް އާދަމް ނާއިފް ގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ މެލޭޝިޔާގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އޭރު ކިޔަވަމުން ދިޔަ ކޯހުގެ އެއް މޮޑިއުލް ގެ ގޮތުގައި ފޮޓޯގްރަފީ ކިޔެވި ހިސ...

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!
23 Aug 2023 ހަބަރު

އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!

މިއީ ތަޢުލީމީ އޮޑިއެއްގެ ދަތުރަށް ފަރިތަ، ކުޅަދާނަ އަދި އެހާމެ ކެރޭ މާލިމީއެއްގެ ވާހަކައެވެ. ދުރުވިސްނޭ ސިޔާސަތެއްގެ ވޮށުގެ އަލިކަމުން އާންމު ތަޢުލީމަކުން ތައުލީމުގެ އައު ހަރުފަތަކަށް ރަށެއް ގެންގޮސްދ...

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ
23 Jul 2023 ހަބަރު

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ

އައްޑިހައިގެ އަަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި  މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އުމުރުން 72 އަހަރުފުޅުގައި ޝާހިދު ނިޔާވީ ވަރަށް ގިނަ ދުވަހ...

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
05 Jul 2023 ރިޕޯޓް

އިސްމާޢީލް؛ އަމިއްލަ ވިޔަފާރިތައް ފަށާ ފަރާތްތަކަށް ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!

ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށ...