މަރަދޫ ބަނދަރުގެ ނެރުމަތިން 6 ފޫޓުގެ ފާނައެއް ބާނައިފި
އައްޑޫ ސިޓީ މަރަދޫ ބަނދަރުގެ ނެރުމަތިން 6 ފޫޓުގެ މުޑު ފާނައެއް ބާނައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މައުލޫމާތުތަކުން އެނގޭގޮތުގައި 108 ކިލޯގެ މިމުޑު ފާނަ ބާނާފައިވަނީ ކުޑަ ޑިންގީއެއްގައި ކަންނެއްޔަށް ދިޔަ ބަޔަކު އެނބުރި އައި މަގުމަތީގައި މަރަދޫ ބަނދަރު ކައިރިންނެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބޭނި އެންމެ ދިގު ފާނައަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފާނަ ވަނީ 2000 ރުފިޔާއަށްވުރެ އަގުބޮޑުކޮށް އައްޑޫގެ ރެސްޓޯރެންޓަކަށް ވިއްކާލާފައެވެ.
ހަ ފޫޓުގެ ފާނައެއް ބާނާފައިވާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި ވެސް ބަރުދަނުގައި 4 ކިލޯ ހުރި ފާނައެއް މަސްވެރިންގެ ބަޔަކު ވަނީ ބާނާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް