ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކިސްތާނުން ސޮއިކޮށްފި
ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކްސްތާނުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އިކާއޯގެ 41 ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް އެންްްޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ގާއިމްކުރެވުނު އެއްބަސްވުމެއްކަމަށެވެ.
ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކިސްތާނުން ސޮއިކޮށްފައިވާއިރު، ކުރިން ވީޒާ ނެގުމެއްނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ވެސް ދެޤައުމުގެ ވަނީ ސޮއިކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް