ކްރިމިނަލް ކޯޓަށް ފެން ވަނުމުގެ ސަބަބުން ގިނަ ޝަރީއަތްތަކެއް ކެންސަލް
ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުންވެ, މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ޝަރީއަތްތަކަށް ބުރޫ އަރައިފި އެވެ.
މިއަދު އެކޯޓުގެ ތާވަލުކުރި ގިނަ ޝަރީއަތްތަކެއް ކެންސަލްކުރަން ޖެހުނީ އެކޯޓުގެ ސާވަރ ރޫމްގެ ތެރެއަށް ފެން ވަދެ އެތަނުގެ ކޭބަލްތަކަށް ގެއްލުން ލިބިފައިވުމުގެ ސަބަބުންނެވެ. އެގޮތުން މިއަދު ހެނދުނަށް އޮންލައިންކޮށް ތާވަލުކުރި ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލްކޮށްފައެވެ.
އޮންލައިން ޝަރީއަތްތައް ކެންސަލްކުރި ނަމަވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދާ ޝަރީއަތްތަށް ތާވަލާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.
ވިއްސާރައިގެ ސަބަބުން އެ އިމާރާތަށް ފެން ވަނުމުގެ މައްސަލަތައް މީގެ ކުރިންވެސް ކުރިމަތި ވެފައިވާއިރު، ކްރިމިނަލް ކޯޓު ހިންގަމުންދަނީ ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރުވެފައިވާ އިމާރާތެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް