ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
ޑެންގީ ޖެހިގެން އުމުރުން 19 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމު (19 އ)އެވެ.
ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެފައިވާއިރު، އިއްޔެ ވަނީ އެ ބަލީގައި ކުޑަކުއްޖަކުވެސް ނިޔާވެފައެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ރ. އަތޮޅާއި މ. އަތޮޅުގައި ކުޑަކުދިންނަށް ޑެންގީ ހުން ޖެހެމުންދާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ހާލު ސީރިއަސް ވެގެން މ. އަތޮޅުން ގެނައި ތިން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް