ރައީސް ޞާލިހު މާދަމާ ބަހުރައިނަށް ވަޑައިގަންނަވަނީ
ރައީސިލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާދަމާ ބަހުރައިނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާ ދެއްވި ދައުވަތަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.
ހަތަރު ދުވަހަށް ކުރައްވާ މިދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހެިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ރައީސް މާދަމާ ބަހުރައިނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ މހަުގެ 16 ގައި އިނގިރޭސިވިލާތަށްވެސް ވަޑައިގެންފައެވެ.
އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެގައުމުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް