ފުލުހަކަށް މަރުގެ އިންޒާރު ދިން މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
ފުލުހަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ހޯދަމުން ދިޔައީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޒްހާނު އިސްމާޢީލް (31އ) އެވެ.
އޭނާއަކީ މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައިގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.
އަޒްހާން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުވެސް ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އޭގެ އަނެއް ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ބުނެ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަޒުހާން ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް