ސިވިލް ކޯޓު
ސިވިލް ކޯޓު
ހަބަރު 04 Oct 2022 | 13:36

ކޯވިޑް ވެކްސިން ދިނުމުގައި ދައުލަތުން މިންގަނޑުތަކާއި ޚިލާފުވެފައިވާ ކަމަށް ބުނެ ކޯޓަށް

2021 ފެބުރައީ މަހުން ފެށިގެން ދިވެހިރާއްޖޭގައި ދެމުންދާ ކޯވިޑް-19 ވެކްސިން ދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާއި މިންގަނޑުތަކާއި ޚިފާލު އަމަލުތަކެއް ދައުލަތުން ހިންގާފައިވާކަމަށް ތުހުމަތުކޮށް ކޯވިޑް-19 އާއި ގުޅޭ ނިންމުންތަކުގެ މައްސަލަ ބަލައިދިނުމަށް ޖުޑިޝަލް ރިވިއުގެ ދައުވާއެއް ސިވިލްކޯޓަށް ހުށައަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ލޯ އޮފީސް އޮފް އަފްރާ އުސްމާނުގެ ފަރާތުން އޮކްޓޫބަރުމަހުގެ ދެ ވަނަ ދުވަހުގައެވެ. އެ މައްސަލަ ވަނީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

އެ ލޯފާމުން ބުނިގޮތުގައި ކޯވިޑް-19 ގެ ތަހުލީލީ ވެކްސިންތަކެއް ރޯލްއައުޓު ކުރެވުނު ފަހުން އާދަޔާ ޚިލާފަށް ކުއްލި މަރުތައް އިތުރުވެފައިވާތީ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ މަރުތައް އިތުރުވާކަން ފާހަގަކުރެވިފައިވާތީ ބައިނަލްއަގުވާމީ ޑޮކަޓަރުންނާއި ސައިންޓިސްޓުންގެ ޖަމުއިއްޔާތަކުން ކޯވިޑް-19 ތަހުލީލީ ވެކްސިންތައް ވަގުތުން ހުއްޓުމަށް ގޮވާލާތީ ސިވިލްކޯޓަށް ހުށައެޅިފައިވާ އެ މައްސަލައަށް ވަކި ގޮތެއް ކަނޑައަޅަންދެން ކޯވިޑް-19 ވެކްސިންތައް ދިނުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ރައްޔިތުންގެ ފުރާނައާއި ސިއްހަތު ސަލާމަތްކުރުމަށްޓަކައި ކޯވިޑް-19 ގެ ވެކްސިންތައް ދިނުން ހުއްޓާލެއްވުމަށާއި، ހިނގައިދިޔަ ކުއްލި މަރުތަކުގެ މިނިވަން ފުރިހަމަ ތަހުގީގެއް ކުރުމަށް އެ ލޯ ފާމުން ވަނީ ދައުލަތަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް ނަވާރަ ފެތުރުން ކޮންޓްރޯލުކުރުމަށް ކޯވިޑް ވެކްސިން ޖެހުމަށް ސަރުކާރުން ވަނީ އޭރު މަޖުބޫރުކޮށްފައެވެ. އެގޮތުން ކޯވިޑްގެ ދެ ޑޯޒު ފުރިހަމަ ނުކޮށް ރަށްރަށަށް ނުދެވޭ އުސޫލުތައް ހަދާފައިވެއެވެ. އަދި އާބާދީގެ ބޮޑު ބަޔަކަށް އެ ވެކްސިން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.