ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަގުތު
ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަގުތު
ހަބަރު 04 Nov 2022 | 17:48

ބާޣީ ސިއްކަގެ ދިފާއުގައި ތެދުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް!

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާގެ ފަހަތުގއި ހުރި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދިފާއުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތެދުވެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ މި ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ތޮޅުމަށް ބަޔަކު ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

އެ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އަދި އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ދިޔައެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ގަދަ ހިތްވަރުގެ ސަބަބުން ބާޣީންގެ ރޭވުންތައް ނާކާމިޔާބުވެ ދިވެހި ގައުމަށް ވަނީ ނަސްރާއި ފަތަހަ ލިބިގެން ދިޔަނަމަވެސް އެ ހަމަލާގެ ފަހަތުގައި ދިވެހި ޚާއިނުންތަކެއް ތިބިކަމީ ހަގީގަތެވެ.

އެގޮތުން ނޮވެމްބަރު ތިނެއްގެ އެ ދުވާނީ ހަމަލާގެ ފަހަތުގައި ތިބި ދިވެހި ޚާއިނުންގެ ލިސްޓުގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުވެސް ހިމެނެއެވެ. އޭނާ އަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރާވައި ހިންގުމުގައި ބައިވެރިވެފައިވާކަން ސާބިތުވެ ހުކުމް އައިސްފައިވާ މީހެކެވެ.

އެހެން ނަމަވެސް ނަޝީދު ވަނީ ސިއްކަގެ ދިފާއަށް އަރައި އޭނާއަކީ ޚިޔާނާތްތެރިއެއް ނޫންކަމަށް ދައުވާކޮށްފައެވެ.

ނަޝީދު ސިއްކަ ދިފާއު ކުރީ ކީއްވެ؟

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައްޗަށް ރާއްޖެ ކުރި ހޯދާ، ދިވެހިން ހޯދި ކާމިޔާބީ އާއި ގުޅިގެން އެ ފަހުން އެ ދުވަސް ފާހަގަކުރަމުން އައިސްފައި ވަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.

އެގޮތުން މިއަހަރުގެ ނަސްރުގެ ދުވަސްވެސް ބައްދަލުކޮށްފައިވާއިރު، ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޓޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކުރެއްވި ޓްވީޓެއްގައިވަނީ ނަސްރުގެ ދުވަސް ބިރުވެރި ސިއްކަގެ ދުވަހުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ހަމަލާއަށް ކިތަންމެ ގިނަ ދުވަހެއް ވެގެން ދިޔަ ނަމަވެސް ދިވެހިން އަބަދުވެސް އެ ހަނދާންތައް އާ ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަނެއްކޮޅުން އިއްޔެ އިދިކޮޅުން ވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ފަހަތުގައި ތިބި ދިވެހި ޚާއިނުން ގަންހިންގުވާ ތަމްސީލުތައް މާލޭގެ އެކި ސަހަރައްދުތަކުގައި ކުޅެފައެވެ. އަދި ޚާއިނުންނަށް ހައްގު އަދަބު ދޭން ޖެހޭކަން ފާހަގަކޮށްފައެވެ.

މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ނުކުރަނީ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިބީ އެ ދުވަހުގެ އެ އުދުވާނީ ހަމަލާިނުމުގެ މޭސްތިރިންގެ އާއިލީ ބޭފުޅުންކަމަށް ވާތީކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އިއްޔެގެ އެ ހަރަކާތްތަކަށްފަހު ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން ބަލައިނުގަނެވޭނެކަމަށެވެ. އަދި އޭނާގެ ކުށަށް އިއުތިރާފު ކުރުވީ އަނިޔާކޮށްގެންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކަށް އާންމުންގެ ނުރުހުން!

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ފަހަތުގައި ހުރިކަމުގެ ކުށް ސާބިތުވެފައިވާ ސިއްކަ އިސްމާއިލް މަނިކުގެ ދިފާއުގައި ނަޝީދު ވާހަކަދެއްކެވުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެގެން ގޮސްފައެވެ. އަދި ނަޝީދުގެ ޓްވީޓަށް ގިނަ ބަޔަކު ރައްދުވެސް ދީފައިވެއެވެ.

އެގޮތުން އެ ޓްވީޓަށް ރައްދުދިން މީހަކު ބުނީ ސިއްކައަކީ ބާޣީއެއްކަމަށެވެ. ނަޝީދަކީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއި ދިމާލަށް ބާޣީއަށް ގޮވި މީހެއްކަމަށާއި، އަދި މިހާރު ނަޝީދު އެ ކުރައްވާކަމަކީ ހަގީގީ ބާޣީން ދިފާއުކުރެއްވުންކަމަށް އެމީހާ ބުނެފައިވެއެވެ.

"ސިއްކަ އަކީ ހަމަ ފަލަކޮށް ބޮޑުކޮށް ބާޣީއެއް. ރައީސް ވަހީދަށް ބާޣީއަށް ގޮވާ އަބުރު ކަތިލާފައި ތިޔަ އުޅެނީ 19 ދިވެހިން ޝަހީދުކޮށްލި ބޮޑު ބާޣީއެއްގެ ދިފާއުގައި. މުނާފިގުކަމުގެ ވެސް އިންތިހާ"

ނަޝީދަށް ރައްދުދިން އިތުރު މީހަކު ބުނީ ސިއްކަގެ އާއިލާއާއި، ކެރެފާގެ އާއިލާއާއި ކެނެރީގެ އާއިލާގައި ތިބީ މުޅިންވެސް ގައްދާރުން ކަމަށެވެ. އެ އާއިލާއަށް ނިސްބަތްވާ މީހުން ދިވެހިންގެ ލޭ އޮހޮރުވާލަން ފަސް ނުޖެހޭނެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޚުދު ނަޝީދަކީވެސް އެފަދަ ފަރާތެއްގެ ގޮތުގައި އެމީހާ ވަނީ ސިފަކޮށްފައެވެ.

ޓްވީޓާގައި އެ ފަރާތުން ކޮށްފައިވާ ކޮމެންޓަށް އެއްބަސްވެ އިތުރު މީހަކު ބުނީ އެ އާއިލާތަކަކީ އަބަދުވެސް އެއިރެއްގައި އޮންނަ ވެރިކަމާއި ތޮޅެން މަސައްކަތް ކުރި އާއިލާތަކެއްކަމަށެވެ.

"ތިޔަ ތިން އާއިލާއަކީ ތާރީހީގޮތުންވެސް އަބަދު ވެރިކަމާ ތޮޅޭ ބައެއް. ނާސިރު ދައުރުގައިވެސް ބަންދުގައި އުޅެން ޖެހުނީ ކީއްވެބާ؟ އޭގެ ކުރިންވެސް ބައްލަވާ. އެއްވެސް ގައުމެއްގައި ބާޣީން ގާޒީންނަކަށް ނުވާނެ"

އިތުރު މީހަކު ނަޝީދުއަށް ފާޑުނިޔަކަމުން ބުނީ ސިއްކައަކީ 19 ދިވެހިންގެ ލެޔަށް ބަދަލުދޭން ޖެހޭ ޚާއިނެއްކަމަށެވެ. ނަޝީދަކީވެސް އެފަދަ ޚާއިނެއްކަމަށާއި 1 ފެބްރުއަރީ 2018 ގައި މި ގައުމަށް އިންޑިއާ ސިފައިން އެރުވުމަށް ނަޝީދު ގޮވާލާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސިއްކަ އަކީ ބާޣީއެއް. ގައްދާރެއް. 19 ދިވެހިންގެ ލޭ ގެ ބަދަލު ދޭންޖެހޭ ޚާއިނެއް. މުހައްމަދު ނަޝީދަކީ ހަމަ އޭގެ، އޭނާ ކަހަލަ ޚާއިނެއް. 1 ފެބްރުއަރީ 2018 ގައި ގައުމަށް އިންޑިއާ ސިފައިން އަރުވަން އުޅުނު ބޮޑު ގައްދާރެއް. މުޅި އާއިލާއަކީ ހުސް ބާޣީންތައް"

ނަޝީދަށް ފާޑުކީ ބައެއް މީހުންވަނީ 2012 ވަނަ އަހަރު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށްފަހު ނަޝީދު އިސްކޮށް ހުންނަވާ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ދީފައިވާ ގެއްލުންތައްވެސް ހަނދާންކޮށްދީފައެވެ. އެގޮތުން އިސްތިއުފާދިނުމަށްފަހު އެމްޑީޕީ މެމްބަރުން ލައްވާ ސަރުކާރުގެ އިމާރާތްތަކާއި ޕޮލިސް ސްޓޭޝަންތައް ރޯކޮށްލީ ނަޝީދުގެ އޯޑަރަށްކަމަށް ކޮމެންޓުކުރި ބައެއް ފަރާތްތައް ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން ބައެއް މީހުން ވަނީ ތާރީހު ބަދަލުކުރުމުގެ މަސައްކަތް ނުކުރުމަށް ނަޝީދަށް ހަސޭހަތްތެރިވެފައެވެ. ދިވެހިރާއްޖޭގައި ހިންގި ކޮންމެ ބަޣާވާތެއްގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމަށާއި، އެމީހުން ނިސްބަތްވަނީ ކޮން އާއިލާތަކަށްކަން ދިވެހިންނަށް އޮޅުވާނުލެވޭނެކަމަށްވެސް ބައެއް ފަރާތަށްވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ސިއްކަ ދިފާއުކުރުން ނަޝީދަށް ރައްދުދިން ގިނަ މީހުން ވަނީ ކުށްވެރިވެސް ކޮށްފައެވެ. ސިއްކަ އަކީ އޭނާގެ ކުށަށް އިއުތިރާފުވެފައިވާ މީހެއްކަމަށާއި، ދިވެހިން ދުވަހަކުވެސް އެވަރުގެ ބާޣީއަކަށް މާފު ނުކުރާނެކަމަށް ނަޝީދަށް ރައްދުދިން ގިނަ ބަޔަކު ބުނެފައިވެއެވެ.

ރައީސް ނަޝީދު ސިއްކަގެ ދިފާއުގައި ތެދުވެވަޑައިގެންފައިވާއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ގައުމީ ދުވަސް ފާހަގަކުރާ ފެންވަރުގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ. މިއަދު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ސިއްކަ އިސްމާއިލް މަނިކުގެ ދަނބިދަރިއެވެ.

ނަޝީދަށް ރައްދުދިން ބައެއް ފަރާތްތައް ވަނީ އެކަންވެސް ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރަނީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ބޭފުޅުންނަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރާވާ ހިންގުމުގައި އިސްކޮށް މަސައްކަތްކުރި މީހުންނަށް ވާތީކަމަށް ބުނެފައެވެ. އަދި އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.