އާޖެންޓީނާއިން ލަނޑު
އާޖެންޓީނާއިން ލަނޑު
ކުޅިވަރު 04 Dec 2022 | 00:24

މެސީގެ ކެރިއަރުގެ 1000 ވަނަ މެޗުން މޮޅުވެ އާޖެންޓީނާ ކުއާޓާފައިނަލަށް

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި އޮސްޓްރޭލިއާ އަތުން މޮޅުވެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގެ 1000 ވަނަ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑާއެކު އާޖެންޓީނާ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުއާޓާފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ނެދަލޭންޑްސް އާއެވެ.

އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ގޯލް މެސީ ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ ގޯލުގެ ކަނަށް ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ވޯލްޑް ކަޕުގައި މެސީ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 9 އަށް އަރާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ދެވަނަ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއާ އަށެވެ. އެއްވަނައަށް އެރުމަށް މެސީއަށް ދެން ބޭނުންވަނީ ދެ ގޯލެވެ. އެއްވަނައިގައި އުޅެނީ 10 ގޯލާއެކު ގެބްރިއަލް ބަޓިސްޓޫޓާ އެވެ.

މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. މިއީ އޮސްޓްރޭލިއާގެ ކެޕްޓަން މެޓް ރަޔަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އާޖެންޓީނާ އިން މޮޅަށް ކުޅެމުން ދަނިކޮށް މެޗުގެ 77 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް އޮސްޓްރޭލިއާ އަށް އުއްމީދެއް ލިބުނެވެ. މިއީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރާ މުބާރާތުގެ ކުއާޓާފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަަ ހުކުރު ދުވަހުގެ ރޭގަނޑު އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި
01 Jul 2026 ކުޅިވަރު

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ. ނާސާގެ އިސްވެރިޔާ ޖެރެ...

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް
27 Dec 2022 ހަބަރު

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް

21 ވަނަ ގަރުނުގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް އަކަށް މިއަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑްކަޕް ހޮވިއްޖެ އެވެ. ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް...

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި
19 Dec 2022 ކުޅިވަރު

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި

ރޭ އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން އޭނާއަށް ތަށި ހަވާލުކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ އޭނާ އަށްދިން ކ...

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!
18 Dec 2022 ކުޅިވަރު

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ...

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން
18 Dec 2022 ކުޅިވަރު

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން

މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްގައި 3-1 ފުރާންސް މޮޅުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިމެޗުގައި ފްރާންސް ތަރި އެމްބާޕޭގެ ފަރާތުން 2 ގޯލް ފެނިގެން ދާނެކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ...

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި
18 Dec 2022 ކުޅިވަރު

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، ޕޯޗުގަލް ޓީމު ބަލިކުރުމަށްފަހު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޮރޮކޯގެ ކުޅުންތެރިއަކު އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރި ގޮތާއި ރާމާމަކުނާއި އެއް...