ދެކުނު ކޮރެއާގެ ކުޅުންތެރިޔާ ޗު ގީ
ދެކުނު ކޮރެއާގެ ކުޅުންތެރިޔާ ޗު ގީ
ކުޅިވަރު 04 Dec 2022 | 09:45

ކައިވެނިކުރަން ގުޅާތީ އޮބިނޯވެގެން ޗުގީ، އެންމެ ފަހުން ލޯބިވެރިއަކު ހުންނަކަން ހާމަކޮށްފި

ދެކުނު ކޮރެއާ ޤައުމީ ޓީމަށް ކުޅެމުން އަނަންނަ ޗު ގީ ސޮން އަށް ކައިވެނީގެ ހުށައެޅުންތައް އަންނަވަރުން އޮބިނޯވެގެން އެންމެ ފަހުން ލޯބިވެރިއަކު ހުންނަކަން ހާމަކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އާންމުންގެ މެދުގައި މަޤުބޫލުވީ ވޯލްޑްކަޕުގެ ތެރެއިންނެވެ. އެންމެ ފަހުން ކޮރެއާ ކުޅުނު މެޗަށްފަހު ގިނަ އަދަދެއްގެ އަންހެން ކުދިން އޭނާއަށް މެސެޖުކޮށް ގުޅާ ހަދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެން ކުދިން އޭނާއަށް މެސެޖުކޮށް ގުޅާ ކައިވެންޏަށް އެދޭވަރު ބޮޑުވުމުން ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް އޭގެ އުނދަގޫ ކުރިމަތިވާ ކަމަށްވެއެވެ. އެންމެ ފަހުން ގޮތް ހުސްވެގެން ފޯނުވެސް ނިއްވާލަން ޖެހުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"މުޅިންވެސް އިވޭނީ ފޯނު ރިންގުވާ އަޑު ނޫނީ އޭނާގެ ފޯނަށް މެސެޖު އަންނަ އަޑު، ހަމަޔަށް ނިދެނީކީ ނޫން މިކަމަކާ ހުރެ" ކޮރެއާ މީޑިއާއަށް ވާހަކަދައްކަމުން ކުޅުންތެރިއަކު ބުންޏެވެ.

ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް ޗުގީ ގެ ވާހަކަތައް ދަނީ އަރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޗުގީގެ ލޯބިވެރިއަކީ އެހާ މަޝްހޫރު މީހެއް ނޫނެވެ. އަދި ވީހާވެސް އެކަން ސިއްރުކުރަން އޭނާ މަސައްކަތްކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ދެ މީހުން ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ވެފައިވާ ކަމަށްވެއެވެ.

ވޯލްޑްކަޕުގެ މެޗުތަކުން ލިބުނު ތަރުހީބު ބޮޑުކަމުން އިންސްޓަގްރާމުގައި 20،000 މީހުން ފޮލޯ ކުރަމުންދިޔަ ޗުގީގެ ފޮލޯވަރުންގެ އަދަދު ދެތިން ހަފްތާ ތެރޭގައި 1.6 މިލިއަނަށް އެރިއެވެ. އަދި ހުޅަނގުގެ މީޑިއާތަކުގައި ވެސް އޭނާ މަގުބޫލުކަން ހޯދިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި
01 Jul 2026 ކުޅިވަރު

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ. ނާސާގެ އިސްވެރިޔާ ޖެރެ...

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް
27 Dec 2022 ހަބަރު

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް

21 ވަނަ ގަރުނުގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް އަކަށް މިއަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑްކަޕް ހޮވިއްޖެ އެވެ. ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް...

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި
19 Dec 2022 ކުޅިވަރު

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި

ރޭ އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން އޭނާއަށް ތަށި ހަވާލުކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ އޭނާ އަށްދިން ކ...

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!
18 Dec 2022 ކުޅިވަރު

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ...

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން
18 Dec 2022 ކުޅިވަރު

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން

މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްގައި 3-1 ފުރާންސް މޮޅުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިމެޗުގައި ފްރާންސް ތަރި އެމްބާޕޭގެ ފަރާތުން 2 ގޯލް ފެނިގެން ދާނެކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ...

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި
18 Dec 2022 ކުޅިވަރު

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، ޕޯޗުގަލް ޓީމު ބަލިކުރުމަށްފަހު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޮރޮކޯގެ ކުޅުންތެރިއަކު އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރި ގޮތާއި ރާމާމަކުނާއި އެއް...