ދެ ނާޒިމްގެ މައްސަލައިގައި މާދަމާ ގޮތް ނިންމަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާ މެންބަރ އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަށް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެދެބޭފުޅުންނަށް މީގެކުރިން ކުރި ހުކުމް ވަނީ ވަކި ގޮތެއް ކަނޑައެޅެންދެން ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން ކަނޑައަޅާފައެވެ.
ކުރީގެ މިނިސްޓަރު ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލުހުހުކުމް އިއްވީ އެމަނިކުފާނުގެ ގެކޮޅުން ފެނުނު ފިސްތޯލެއްގެ ސަބަބުން ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައެވެ. މިހުކުމަށް ހައިކޯޓުން ތާއީދު ކުރެއްވިއިރު ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.
އަދި އޭގެ ފަހުން މިނިސްޓަރ ނާޒިމް ގެއިން ފެނުނު ފިސްތޯލުން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުންކަމަށްވެއެވެ.
ކުރީގެ މެމްބަރ ނާޒިމް މައްޗައް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރު ހުކުމްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް