ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ
ގދ ދާންދޫ ކައިރިން ޑިންގީއެއް އަޑިއެއްގޮސްގެން ރިޕޯޓުކޮށްފައިވާ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ދާންދޫ ކައިރިއަށް ޑިންގީއެއް އަޑިއަށް ގޮސްފައިވާ ކަމަށް މިއަދު 3:45 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އެ ޑިންގީގައި ދަތުރުކުރީ ދެ މީހަކު ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ޑިންގީ ނެގުމުގެ މަސައްކަތް ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ޑިންގީ ފުންކުރުމުގެ މަސައްކަތް އާންމުންނާއި ގުޅިގެން ކުރަން ފަށާފައިވާއިރު، ޑިންގީ އަޑިއަށް ދިޔަ ސަބަބު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް