އޭއެސްއެމްއެޗް ގެ އެމްބިއުލާންސްތައް ހަލާކުވުމުން ޕިކަޕުގައި ބަލިމީހާ އުފުލައިފި
ގދ. ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގެ އެމްބިއުލާންސްތައް ހަލާކުވުމުން ޕިކަޕުގައި ބަލިމީހަކު އުފުލައިފިއެވެ.
އޭއެސްއެމްއެޗްގައި 3 އެމްބިއުލާންސްް އޮވެއެވެ. ނަމަވެސް އިން އެމްބިއުލާންސްވެސް ވަނީ ހަލާކުވެފައި ކަމަށް އެރަށު މީހުން މައުލޫމާތު ދެއެވެ.
ގއ އާއި ގދ ގެ ރައްޔިތުން ޚިދުމަތް ހޯދާ މި ހޮސްޕިޓަލުގައި އެމްބިއުލާންސްތައް ހަލާކުވެފައި ވުމަކީ ބަލިމީހުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި އެއީ އެ އަތޮޅުގެ މީހުންނަށްވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ގއ ގެމަނަފުށިން ގެންދިޔަ ބަލި މީހަކު އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށް ވަނީ ޕިކަޕެއް ބޭނުންކޮށްފައެވެ. އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެމީހާ ގައިގައި ބެޑުޝީޓެއް އެޅުމަށްފަހު ޕިކަޕުގެ ތެރެއަށް ލައިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް