ފްލައިމީ ރީބްރޭންޑްކޮށް، ބޯޓުގެ ޑިޒައިނާއި ނަމަށް ބަދަލު ގެނެސްފި
ވިލާ ކުންފުނީގެ އެއާލައިން' ފްލައިމީ' ރީބްރޭންޑްކޮށް، ބޯޓުގެ ޑިޒައިނާއި ނަމަށް ބަދަލު ގެނެސްފިއެވެ.
ނަން ބަދަލުކޮށް، އާ ނަމެއްގެ ގޮތުގައި މި އެއާލައިނަށް ކިޔާފައި ވަނީ 'ވިލާ އެއާ'އެވެ. ވިލާ އެއާއިން ބުނެފައި ވަނީ، އާ ޑިޒއިން ކުރީ ނޫ ވިލުފަޅުތަކާއި ފެހުރިހި އަސްލަކަށް ބަލައިގެން ކަމަށެވެ.
އެއާލައިން ރީބްރޭންޑް ކުރާނެ ވާހަކަ މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައެވެ.
އެގޮތުން އެ އެއާލައިންގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ވެބްސައިޓް އެޑްރެހާއި އީ-މެއިލްތައް ވެސް ބަދަލު އަންނާނެ ކަމަށެވެ.
ވިލާ އެއާ ކުންފުނިން ފްލައިމީގެ ނަމުގައި އެއާލައިންގެ ހިދުމަތް ފަށާފައި ވަނީ 14 މާޗް 2011ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް