ވިލާ އެއަރ އިން މަޖިލީހަށް ކުރެއްވި ޒިޔާރަތް
ވިލާ އެއަރ އިން މަޖިލީހަށް ކުރެއްވި ޒިޔާރަތް
ވިޔަފާރި 23 Feb 2023 | 16:16

ވިލާ އެއަރ އިން މަޖިލިސް ރައީސް އާއި ބައްދަލުކޮށްފި

ވިލާ އެއަރ އަށް 11 އަހަރު ފުރުމާއި ގުޅިގެން އެކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުالله ގެ އަރިހަށް ޒިޔާރަތް ކުރައްވައިފިއެވެ.

ވިލާ އެއަރގެ ފަރާތުން މަޖިލީހަށް ޒިޔާރަތް ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله ނާޝިދު އެވެ. އަދި ވިލާ އެއަރގެ އިތުރު ބޭފުޅަކުވެސް މި ޒިޔާރަތުގައި ބައިވެރިވެފައިވެއެވެ.

ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަކީ ވިލާ ގްރޫޕްސް އެންޑް ކޮމްޕެނީސް ގެ ދަށުން ހިންގާ ކުންފުންޏެކެވެ. ވިލާ އެއަރ ރެޖިސްޓަރ ކުރެވިފައިވަނީ 2011 ވަނަ އަހަރުއެވެ.

ވިލާ އެއަރ އިން އެތެރޭގެ އުދުހުން ތަކާއި އެކު ރާއްޖެއިން ފުރައިގެން ބޭރުގެ އެކި ޤައުމުތަކަށް ވެސް ދަތުރުކުރެއެވެ.

މި ހިނގާ 2023 ވަނަ އަހަރު "ފްލައިގްރީން" ނަމަކަށް ކިޔާ ސްކީމެއް ތަޢާރަފް ކުރުމަށް ވިލާ އެއައި އިން ވަނީ ނިންމައިފައެވެ. މި ސްކީމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ތައް ކުޑަ ކުރުމަށް ތަޢާރަފްކުރާ ސްކީމެކެވެ.

ވިލާ އެއަރ އަށް 11 އަހަރު ފުރުމާއި ގުޅިގެން ވިލާ އެއަރ އިން މަޖިލިސް ރައީސް އާއި ނައިބް ރައީސް އަށް އެ ކުންފުނީގެ ރަމްޒީ ހަދިޔާ އެއް އަރުވައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް
29 Oct 2026 ހަބަރު

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި
28 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު )ބޮޗޭ( ހުށަހެޅުއްވި މި ބިލަކީ ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމު ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
28 Oct 2026 ހަބަރު

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.