މާދަމާ މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑެނީ
މާދަމާ މާލެ މާފާންނު ގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑޭނެ ކަމަށް މާލެ ސިޓީ އަށް ކަރަންޓުގެ ޚިދްމަތް ފޯރު ކޮށްދޭ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓް އަޕްގްރޭޑްގެ މަސައްކަތެއް ކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ކެނޑޭނެ ކަމަށެެވެ.
އެގޮތުން މާދަމާގެ 14:00 15:30 މާލެ މާފަންނު މަޖީދީ މަގާއި، ފަނޑިޔާރުމަގު އޯކިޑް މަގު އަދި ފަރީދީ މަގު، ޖަހާމުގުރި ގޯޅި، ޗަންޕާ މަގު، ފުނަ ގޯޅި އަދި އަސުރުމާގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިގެން ދާނެ ކަމަށް ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓުގައި ވެއެވެ.
އަދި މިވަގުުތު ތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތި ތަކަށް ޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
ދޭތެރެދޭތެރެއިން އަޕްގްރޭޑް ގެ މަސައްކަތްތަކަށް މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް