ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އުމަރު ޒާހިރު އިމާރާތަށް ބަަދަލުކޮށްފި
ހަޔާ އެޑިއުކޭޝަން މިނިސްޓްރީވެސް ދާދި ފަހުން ހުޅުވާފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތައް ބަދަލުކޮށްފިއެވެ.
އެގޮތުން ހުޅުމާލޭގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާއަށް ރަސްމީކޮށް މި މިނިސްޓްރީ ބަދަލު ކޮށްފައިވަނީ މިއަދުއެވެ.
މީގެ ކުރިން މި މިނިސްޓްރީ ހިންގަމުން ދިޔައީ މާލޭގެ އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ ޚިދުމަތްތައްވެސް ވަނީ އުމަރު ޒާހިރު އިމާރާތައް ބަދަލު ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް