އެމްއައިބީގެ އޭޓީއެމް އެއް ވިލިމާލޭގައި ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމް އެއް ވިލިމާލޭގައި ހުޅުވައިފިއެވެ.
މިއަދު ވިލިމާލޭގައި އޮތް ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައިދެއްވީ މާލޭ ސިޓީ ގެ މޭޔަރ ޑރ މުހައްމަދު މުޢިއްޒު އާއި އިސްލާމިކް ބޭންކުގެ ޗެއާމަން މިޖިދް ރަޙްމާނެވެ.
މި އޭޓިއެމްއަކީ މޯލްޑިވްސް އިސްލާމިކް ބޭންކާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ހުޅުވި އޭޓީއެމް އެކެވެ.
އެމްއައިބީ އަކީ ފުރިހަމަ އިސްލާމީ ޝަރީޢާގެ އުސޫލްތަކާއި އެކު ހިންގާ ބެންކެކެވެ. މިބެންކުން ޚިދްމަތް ދޭން ފަށައިފައިވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަަނަ ދުވަހުއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަކީ އައިސީޑީ އާއި ދިވެހި ސަރުކާރާއި ގުޅިގެން އުފައްދާފައިވާ ބެންކެކެވެ.
މާލެ ސިޓީގައި ފުރަތަމަ ދޭން ފެށި ޚިދްމަތް މިހާރު ފުޅާވެ 5 އަތޮޅެއްގައި 6 ބްރާންޗުން ޚިދްމަތްދެމުންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް