ރޭ މާފުށީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ރޭ މާފުށީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ހަބަރު 05 Apr 2023 | 06:15

މާފުށްޓަށް ނިސްބަތްވާ އެމްޑީޕީ ހަ މެމްބަރަކު ޕީޕީއެމްއަށް

ކ މާފުށީގައި އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ ދެ މީހަކު ހިމެނޭހެން ޕީޕީއެމް އާއި 6 މީހަކު ގުޅިއްޖެއެވެ.

ރޭ މާފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޕީޕީއެމް އަށް ސޮއިކުރި މީހުންގެ ތެރޭގައި އެރަށުގެ ބޮޑެތި ވިޔަފާރިވެރިންވެސް ހިމެނެއެވެ. އެ ހަމީހުންވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި އެމީހުން ޕީޕީއެމް އަށް ސޮއިކުރި ފޯމް މިވަގުތު ޕީޕީއެމް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުރި ޢަބްދުރަޙީމް ޢަބްދުالله އާއި ހަވާލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ މަޖިލްސް ގޮނޑިއަށް ވާދަކުރައްވާ ހުސެއިން ރިޒާ ބައިވެރިވެފައި ވެއެވެ. އަދި ހުސެއިން ރިޒާ ވަނީ މިރަސްމިއްޔާތުގައި ވާހަކަ ދައްކައިފައެވެ.

ހުސެއިންގެ ވާހަކައިގައި ވިދާޅުވީ ޕީޕީއެމް އިން ރަށްރަށަށް ދަނީ ބަހާނެ އެއްޗެއް ހިފައިގެން ނޫން ކަމަށެވެ. އަދި ޕާޓީއިން އޭނާ އާއި ހަވާލުކުރި ޒިންމާއަކީ އެނާގެ ބޭބެގެ ލެގަސީ ދެމެހެއްޓުން ކަމަށާއި، އެ އޯގާތެރިކަމާއި، އެ ހިތްހެޔޮކަމާއި، އެ ރީތި ސިފަތައް ދެމެހެއްޓުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕާޓީއަށް އަލަށް ގުޅުނު މާފުށީ މީހުންގެ ތެރެއިން ވާހަކަ ދެއްކި އަލީ ރަމީޒް ބުނެފައިވަނީ އޭނާ ޕީޕީއެމް އާއި ގުޅުނީ ރައީސް ޔާމީނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް އެހީތެރި ވުމަށް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ޕީޕީއެމް އަށް އަލަށް ގުޅުނު މީހުންގެ ތެރޭގައި އެރަށުގެ ކުރީގެ ކައުންސިލަރަކުވެސް ހިމެނެއެވެ. އަލަށް ގުޅުނު ހަމީހުންނާއި އެކު އެ މީހުންގެ އާއިލާގެ ވެސް ގިނަ ބަޔަކު ވަނީ ޕީޕީއެމް އާއި ގުޅިފައެވެ.

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ރާއްޖޭގެ އެންމެ ބޮޑު ދެޕާޓީއިންނެވެ. އެމްޑީޕީ އިން ވާދަކުރަނީ އިބްރާހިމް ޝާޒްއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވާދަކުރަނީ ކުރިން ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވެވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެދާއިރާގެ މެމްބަރުކަން ކުރައްވަމުން ދިޔަ އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ނިޔާވުމުންނެވެ.

ދެޕާޓީ އިން ވެސް ދަނީ ވަރަށް ވަރުގަދަ އަށް އިންތިޚާބަށް ތައްޔާރުވެ ކެމްޕެއިން ކުރަމުންނެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.