ޑރ. ނާޒް ޖޭޕީއާ ގުޅިވަޑައިގަތުން -- ފޮޓޯ/ ޖޭޕީ
ޑރ. ނާޒް ޖޭޕީއާ ގުޅިވަޑައިގަތުން -- ފޮޓޯ/ ޖޭޕީ
ހަބަރު 05 Apr 2023 | 08:39

ޑރ. ނާޒް ޖޭޕިއާ ގުޅިވަޑައިގެންފި

މަޝްހޫރު ސައިކޮލިޖިސްޓް ޑރ. އައިޝަތިު އަލީ ނާޒް ޖޭޕިއާ ގުޅިވަޑައިގެންފިއެވެ.

ޑރ. ނާޒް އަކީ ޔޫކޭގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން ކްލިނިކަން ސައިކޮލިޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ނާޒް އަކީ މާލޭގައި ނަފްސާނީ ބަލިތަކަށް ފަރުވާނޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާގެ ވެރިޔާއެވެ.

ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރު ވުމުގެ ގޮތުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އާއްމުންގެ ތެރެއިން ގިނަ މީހުންވެސް ދަނީ ޕާޓީތަކަށް ސޮއިކުރަމުންނެވެ.

އެގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ދަނގެތި ދާއިރާގެ ރައީސް ޢަބްދުالله ރަޝީދު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދީ، މިދިޔަ މަހު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި ޖޭޕީގެ ބައެއް މެމްބަރުން ވަނީ މިފަހުން ޖޭޕީއިން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި މެމްބަރު އަލީ ހަމީދާއި އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ މަގާމްގައި ހުންނެވި ހަސަން ޝާހުއާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ފަދަ ބޭފުޅުން ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.