ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު
ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޗެއާމަން ކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ޑިރެކްޓަރުންގެ ބޯޑަށް ޒަކަރިއްޔާ އައްޔަނު ކުރެއްވީ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާ ކޯޕަރަޓައިޒް ކުރުމާ މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ކައުންޓާ ޓެރެރިޒަމް އާއި މިލިޓަރީގެ އެކި ދާއިރާތަކުން ތަމްރީނު ހާސިލު ކުރައްވައި، ސްޓްރެޖިކް ސެކިއުރިޓީގެ ދާއިރާއިން ޒަކަރިއްޔާ މަންސޫރު ވަނީ މާސްޓަރސް ހައްދަވާފައެވެ.
މީގެ އިތުރުން ޒަކަރިއްޔާ މަންސޫރު ވަނީ އެމްއެންޑީއެފްއަށް 39 އަހަރު ޚިދުމަތް ކުރައްވާފައެވެ.
ޒަކަރިއްޔާ މަންސޫރަކީ ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް