ކުނބުރުދޫއިން އާދަޔާ ޙިލާފަށް ބޮޑު ކައްޓަލައެއް ނެގިއްޖެ
އދ. ކުނބުރުދޫއިން އާދަޔާ ހިލާފު ބޮޑު ކައްޓަލައެއް ނެގިއްޖެއެވެ.
ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ "ވޮއިސް" އަށް ވިދާޅުވީ، ކައްޓަލަ ނަގަން އިއްޔެ ކޮނުމުގެ ތެރޭގައި މި ކައްޓަލަ ނެގިފައި ވަނީ އެރަށު އޯކިޑުމާގޯތިން، އަޒުމީގެ ބައްޕައަށް ކަމަށެވެ.
ކައްޓަލަ ނަގައި ކިރިއިރު ބަރުދަނުގައި 14 ކިލޯ ހުރިކަމަށް އަޒުމީ ވިދާޅުވިއެވެ.
ޖުމުލަ 10-20 ފޫޓުގެ ސަރަހައްދެއްގައި މި ވެޔޮ އިންދާފައި ވާނީ މީގެ ގާތްގަނޑަކަށް ތިން މަސް ކުރިން ކަމަށް އަަޒުމީ ވިދާޅުވިއެވެ. އަދި މިއީ އާއްމުގޮތެއްގައި ވެސް ކައްޓަލަ އިންދާތަނެއް ކަމަށާއި ނަމަވެސް މިވަރުގެ ބޮޑު ކައްޓަލައެއް މި ނެގުނީ އަލަށް ކަމަށް އަޒުމީ ފާހަގަ ކުރެއްވިއެވެ.

މިހާރު މި ކައްޓަލަ ކައްކައިގެން ކައިފައިވާ ކަމަށް އަޒުމީ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް