އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023 ގައި ބައިވެރިވުމަށް ޢަދާލަތުގެ ވަފުދެއް ފުރައިފި
އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023 ގައި ބައިވެރިވުމަށް ޢަދާލަތު ޕާޓީގެ ވަފުދެއް މިއަދު ފުރައިފިއެވެ.
“އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023” މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު “އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023” ގައި ބައިވެރިވާ ޢަދާލަތު ޕާޓީގެ ވަފުދު ފުރީ މިއަދު ހެނދުނު ކަމަަށް އެޕާޓީއިން ބުނެފައިވެއެވެ.
މި ވަފުދުގައި ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް އާއި އަމީންއާންމުގެ ނައިބު ފަޟީލަތުއްޝައިޚް ޢަބްދުالله ރަޝީދުގެ އިތުރުން އިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނާއެކު އިތުރު 10 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޢަދާލަތު ޕާޓީއިން ވަނީ ބުނެފައެވެ.
ޢަދާލަތު ޕާޓީއަކީ ރާއްޖޭގެ 6 ވަނައަށް އެންމެ މީހުން ގިނަ ޕާޓީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް