ރައީސް ޔާމީން ކޯޓުގައި ވަކާލާތު ކުރައްވަނީ/ ފޮޓޯ: ވޮއިސް
ރައީސް ޔާމީން ކޯޓުގައި ވަކާލާތު ކުރައްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު 05 Jul 2023 | 16:25

ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅި ނުކުތާތަކުގެ ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބެއް ނުދިން: ދިފާއު

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ.

މި މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ 14 އިސްތިއުނާފީ ނުކުތާތަކެއް ހުށައަޅާފަ އެވެ.

އެ ނުކުތާތަކަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ޖަވާބުދީފައިވާއިރު، ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފައިވާއިރު، އެ ނުކުތާތަކުގައި ހުރި ޤާނޫނީ ބައިތަކަށް ދައުލަތުން ޖަވާބުދީފައި ނުވާކަމަށެވެ.

އެފަދައިން އޭނާ ވިދާޅުވާ ސަބަބުތަކަށް ވެސް ޑރ ޖަމީލު ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި ދެވަނަ ނުކުތާގައި އޮތީ "ސާބިތުކުރުމުގެ މިންގަނޑު" ތަކާއި ގުޅޭ ބައެއް ކަމަށެވެ.

އެ ނުކުތާގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ޤާނޫނީ ބަހުސް ބިނާކުރީ ޤާނޫނީ އުޤޫބާތުގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ)ގެ ޤާނޫނީ މުތަތަސްލިބާތު އެއްފަރާތްކުރުމަށްފަހު، ސާބިތު ނުވަނީސް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާފައިވާކަން ފާހަގަކޮށްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އަދި ދެވަނަ ކަމަކަށް ހުށައަޅާފައި ވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކުށް ސާބިތުކުރުމުގެ ބުރަދަންދޭންވީ ގޮތުގެ އޮޅިގަނޑެއް ބަޔާންކޮށްފައި އޮތް އިރުގައި، އެ އޮޅިގަނޑު ގިރާ ނުވަނީސް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ ހުށައެޅި  ނުކުތާކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

ޑރ ޖަމީލު ވަނީ ރައީސް ޔާމިނުގެ ފަރާތުން ހުށައަޅާފައިވާ އެ ދެ ނުކުތާގައި ފަނޑިޔާރު ގޯސް ހައްދަވާފައިވާ ގޮތަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

"ދަށު ކޯޓުގެ ފަނޑިޔާރު މި މައްސަލައިގައި ގޯސް ހެއްދެވި އެންމެ އަސާސީ ކަމަކީ މައްސަލައެއްގެ ޓްރަޔަލް ކޯޓުގެ އަސާސީ މަސްއޫލިއްޔަތު އޮތް ގޮތް ހަގީގަތުގައި އޮޅުވާލުން. އަސާސީ މަސްއޫލިއްޔަތަކީ މައްސަލައިގެ ވާގިޔާ ޤާއިމްވިތޯ ކަށަވަރުކުރުން. ދެބަސް ވެވެން ނެތް ހަގީގަތަކީ މި މައްސަލައިގައި ވަކި ވާގިޔާއެއްކަން ހަގީގަތުގައި ހިމެނިފައި އޮތީ. އެ ވާގިޔާ ގާއިމްވި ގޮތް ފަނޑިޔާރު ހަގީގަތުގައި ހާމަކުރައްވާފައެއް ނުވޭ"

ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު

ޑރ ޖަމީލު ވިދާޅުވީ އާރަށު މައްސަލައިގައި ދައުވާ އޮތް ގޮތް އިސްތިއުނާފީ ނުކުތާތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ މީހަކަށް ނޭނގޭގޮތަށް މީހެއްގެ މައްޗަށް ދައުވާއެއްކޮށް ވާގިޔާއެއް ސާބިތުކޮށްނުދީ ކުރިއަށް ގެންދެވޭނެ ކަމެއް ނޫންކަން ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އާރަށުގެ މައްސަލައަށް ބަލާއިރު ދައުވާ ސާބިތުކުރުމަށް 3 ކަމެއް ސާބިތުކޮށްދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިން ކަމެއް ބަޔާންކުރަން ޖެހޭ ހަގީގަތުގައި. ފުތަރަމަ ކަމަކީ ދައުލަތުގެ މުވައްޒަފެއް ކަމުގައި ވެ ހުރުން. ދެވަނަ ކަމަކީ އެނގިހުރެ މަންފާއެއް ގަބޫލުކުރުން. ތިންވަނަ ކަމަކީ އެ މަންފާއަކީ ހުއްދަކޮށްފައި ނުވާ މަންފާއެއް ކަމުގައި ވުން. އަދި ހަތަރުވަނަ ކަމަކީ އެ މަންފާއަކީ ރަސްމީ ހައިސިއްޔަތާއި ނުފޫޒު ފޯރުވުމުގެ މުގާބިލުގައި ލިބުނު މަންފާއެއް ކަމުގައި ވުން"

ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު

އެކަން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ މިކަންކަން ފަނޑިޔާރު ސާބިތުކުރި ގޮތަށް މި މައްސަލައިގައި ވަރަށް ބޮޑަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އަދި ކުށް ސާބިތުކުރުމުގައި މި ކަންކަމަށް ރިއާޔަތްކޮށްފައިވޭތޯ ބަލަން ޖެހޭނެކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ މި މައްސަލައިގައި ރައީސް ޔާމީން ވ. އާރަށް 2ޖީ ޕވޓ.ލޓޑ އަށް ކުއްޔަށް ދިނުމަށް ނުފޫޒު ފޯރުވިކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުގެ ގާނޫނީ ޒިންމާއެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އޭގެ އިތުރުން ނުފޫޒު ފޯރުވީ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަކަށްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވާއިރު، މިއިން ކަމެއް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުގައި ބަޔާންކުރާ ތަރަހައިގެ ތެރެއިން ނޫން ކަމަށާއި، ދައުލަތުގެ ޖަވާބުގައި ވެސް ޤާނޫނީ ބައިތަކަށް ޖަވާބުދީފައި ނުވާކަން ޑރ ޖަމީލުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން މަސައްކަތްޕުޅު ކުރައްވާފައިވަނީ ދެ ފަރާތުން ހުށައަޅަން ހުރި ހުރިހާކަމެއް ހުށައަޅާ އަޑުއެހުންތައް ނިންމާލުމަށެވެ.

ޝަރީއަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެގެން ދިޔައިރުވެސް ދެ ފަރާތުގެ ހުރިހާ ހުށައެޅުމެއް ނިންމާލެވިފައިނުވާތީ ޝަރީއަތުން ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމާ، މިއަދުގެ އަޑުއެހުން ކުރުކޮށްލާފަ އެވެ.

އެހެން ނަމަވެސް މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ވަކި ދުވަހެއް ޝަރީއަތުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.