ޕީސީބީގެ ވެރިން. ފޮޓޯ:ޕީސީބީ
ޕީސީބީގެ ވެރިން. ފޮޓޯ:ޕީސީބީ
ހަބަރު 05 Oct 2023 | 11:15

އިންތިޤާލީ މަރުހަލާގައި އެއްވެސް އައު ޕްރޮޖެކްޓެއް ނުފެށުމަށް ޕީސީބީ އިން އަންގައިފި

ކުރިއަށް މިދާ އިންތިޤާލީ މަރުހަލާގެ ދުވަސްވަރު އައު އެއްވެސް ސަރުކާރުގެ އެއްވެސް ކުންފުންނަކުން ނުފެށުމަށް ޕްރައިވަފަްިޒޭޝަން އެންޑް ކޮޕަރައިޒޭޝަން ބޯޑުން އަންގައިފިއެވެ.

ޕީސީބީ އިން ނެރެފައިވާ ސާކިޔުލާއެއްގައި ބުނެފައިވަނީ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއި ދެމެދު ކުރިއަށް މިދާ އިންތިޤާލީ މަރުހަލާގައި ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އައު ޕްރޮޖެކްޓުތައް ނުފެށުމަށާއި ކުންފުނިން ބޮޑު ޚަރަދެއް ކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމަށެވެ.

އަދި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ޤަވައިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެެއްވެސް ބަދަލެއް ނުގެނައުމަށް ވެސް އަންގައިފައިވެއެވެ.

މީގެއިތުރުން ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި ޢިނާޔަތް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި މުސާރައާއި ޢިނާޔަތްތަކަށް އެއްވެސް ބަދަލެެއް ނުގެނައުމަށްވެސް ވަނީ އަންގައިފައެވެ.

ހަމަމިޔާއި އެކު މުވައްޒަފުންނާ ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކަށް ބަދަލު ނުގެނައުމަށާއި،  ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ޕީސީބީން އަންގާފައި ވެއެވެ.

ޕީސިބީގެ ސާކިޔުލާގައި އިތުރަށް ބުނެފައިވަނީ އިންތިޚާބީ ރައީސް ޑރ މުޢިއްޒުގެ  އިންތިޤާލީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، އެ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މަޢުލޫމާތު ލުއި ފަސޭހަ ގޮތަކަށް އިންތިޒާމްކުރުމަށެވެ.

އަދި ހަމަ މިއާއި އެކު މި މުއްދަތުގެ ތެރޭގައި ހާމަކަން ބޮޑުގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ޒިންމާދާރުކޮށް ނިންމުމަށް ޕީސީބީން އަންގާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި
22 Oct 2024 ހަބަރު

މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި

ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ދަރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަމެއް ހިނގާފައިވަނީ ހިޔާ 13 ވަނަ ފްލެޓްގެ އެޕާޓްމަންޓެއ...