ޖަރުމަނުގެ އިކޮނަމިކް މިނިސްޓަރު ގަތަރުގެ އެނާޖީ މިނިސްޓަރާއި އެކު: ފޮޓޯ/ރޮއިޓާސް
ޖަރުމަނުގެ އިކޮނަމިކް މިނިސްޓަރު ގަތަރުގެ އެނާޖީ މިނިސްޓަރާއި އެކު: ފޮޓޯ/ރޮއިޓާސް
ދުނިޔެ 05 Dec 2022 | 04:54

ޤަތަރަށް ފާޑުކިޔައި ގޮންޖެހި ޖަރުމަނުން، ޤަތަރުން ލިކުއިޑް ގޭސް ގަންނަން އެއްބަސްވުމަކަށް

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވިގެން ޤަތަރަށް ފާޑުކިޔައި ގޮންޖެހި ޖަރުމަނުން، ޤަތަރުން ލިކުއިޑް ގޭސް ގަތުމަށް އެ ގައުމާއި އެކު އެގްރީމެންޓް އެއްގައި ސޮއިކޮށްފިއެވެ.

15 އަހަރު ދުވަހަށް ބަހާލައިގެން ދެ މިލިއަން ޓަނުގެ ލިކުއިޑް ގޭސް ގަޔުމަށް ޤަތަރާއިއެކު ޖަރުމަނުން މި ވި އެއްބަސްވުމުގެ ދަށުން، ލިކުއިޑް ގޭސް ފޯރުކޮށްދެން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ޖަރުމަނު ވިލާތަކީ ކާބަން ނިޔުޓްރަލް ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށް އެ ގައުމުން ބުނެއެވެ.

ޖަރުމަނުން ޤަތަރާއި އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕާއި ގުޅިގެން އެގައުމަށް އެންމެ ބޮޑަށް ފާޑުކިޔައި ގޮންޖެހު ގައުމަކީ ވެސް ޖަރުމަނުކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ޤަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާ ކުރުމާއި، އަދި އެގައުމުން ވޯލްޑްކަޕް އަށް ތައްޔާރު ވުމުގެ ގޮތުން ސްޓޭޑިއަމް ތަށް ތައްޔާރު ކުރި އިރު، އެކަމުގައި އުޅުނު މަސައްކަތްތެރިންނާއި މެދު ލާއިންސާނީ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ޤަތަރަަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ ގައުމު ތަކުގެ ތެރޭގައި ޖަރުމަނު ހިމެނެއެވެ.

އަދި އޭގެ އިތުރުން، ވޯލްޑްކަޕް މެޗުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ 'ވަންލަވް' އާމްބޭންޑް އެޅުން މަނާކުރުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް ޖަރުމަނުގެ ފުޓުބޯޅަ ޓީމުން ފުރަތަމަ މެޗު ފެށުމުގެ ކުރިން ފޮޓޯއަށް ހުއްޓުނުއިރު އަންގަމަތީގައި އަތްއެޅި އިރު، އެގައުމުގެ ކުޅިވަރުގެ ކަންކަމާއި ގުޅޭ މިނިސްޓަރު ވަނީ ޖަރުމަނު ކުޅުނު މެޗު ބަލަންދިޔައިރު ވަންލަވް އާމްބޭންޑް އަޅާފައެވެ.

އެފަދަ ގިނަ ފާޑުކިޔުންތަކާއި އެކު ގަތަރުން ހަދާފައިވާ ގަވާއިދުތަކަށް ގޮންޖެހުމަށްފަހުވެސް، އަމިއްލަ ބޭނުމެއް ޖެހުމުން ގަތަރާއި އެކު އެއްބަސްވުމަކަށް ދިޔުމުން ގިނަ ބަޔަކު އަންނަނީ ޖަރުމަނަށް ފާޑުކިޔަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.