ތިލަމާލެ ބުރިޖު ހަދަން ބޭނުންކުރަމުން އައި ކެރޭނެއް ވެއްޓިއްޖެ
ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ބޭނުންކުރަމުން އަންނަ ކެރޭނެއް ކަނޑަށް ވެއްޓިއްޖެއެވެ.
ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރަމުން އައި ކެރޭނެއް މިއަދު ވެއްޓިފައިވާ ފޮޓޯތައް މީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯ ތަކުން ފެންނަ ގޮތުން އެ ކެރޭނު ވެއްޓުމުގެ ސަބަބުން ކެރޭނު ހަރުކޮށްފައިހުރި ޕްލެޓުފޯމުވެސް ވަނީ އަރިއަޅައިލާ އަޑިއަށް ހިފާފައެވެ.

އެހެންނަމަވެސް، ކެރޭނު ވެއްޓުނީ ބިންދައިގެން ކަމެއް ނުވަތަ އެނޫން ކަމެއް ވެގެން ކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ.
ބްރިޖުގެ މަސައްކަތް ކުރަމުންއައި ކެރޭނު ވެއްޓިފައިވާއިރު، އެ ވެއްޓުނު ސަބަބު ނުވަތަ އެކަމާއި ގުޅޭ އެހެންވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް އެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް