އުނގޫފާރު ދާއިރާގެ މެމްބަރު ހަސަން މުހައްމަދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލީސް
އުނގޫފާރު ދާއިރާގެ މެމްބަރު ހަސަން މުހައްމަދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލީސް
ހަބަރު 05 Dec 2023 | 10:28

ސަރުކާރުތަކުން މީހުން ވަޒީފާއިން ކަނޑާ ވާހަކަ ދައްކަން ތިބޭތާ 15 އަހަރުވީ: ހަސަން

ރިޔާސީ އިންތިޚާބުތަކަށް ފަހު، ވެރިކަން ބަދަލުވުމާއެކު އާ ސަރުކާރުން މީހުން ވަޒީފާއިން ކަނޑާ ވާހަކަ ދައްކާލަ ދައްކާލަ ތިބޭތާ 15 އަހަރު ވެގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.

ހަސަންޓޭ މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ކުއްލި މައްސަލައަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ހަސަންޓޭ ވިދާޅުވީ އިންތިޚާބުތައް އޮންނަ ގޮތުން ވޭތުވެދިޔަ 15 އަހަރު ރައްޔިތުންނަށް ތިބެން ޖެހިފައިވަނީ ކޮންމެވެސް "ސިޔާސީ ސަކަރާތްގަނޑެއް" ގެ ތެރޭގައި ކަމަށެވެ. ސިޔާސީ ކަންކަން ހުއްޓާލާ ހިންދެމިލައިގެން މަސައްކަތް ކުރާނެ ވަގުތު ރައްޔިތަކަށް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ވަޒީފާ ދިނުމާއި ވަޒީފާއިން ކެނޑުމުގެ ވާހަކައަކީ މިއަދަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށާއި، މީ ވޭތުވެދިޔަ 15 އަހަރުވެސް ދައްކަމުން އައި އެހެން ނަމަވެސް ޙައްލު ނުވެ އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ ހަސަންޓޭ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މި މައްސަލަތަކަށް ޤާނޫނީ ޙައްލު ހޯދުމަށް އޭނާ ގޮވާލައްވާ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބާއި އަދި ކައުންސިލް އިންތިޚާބު ވެސް އެކުއެގީގައި ނިމޭނެ ކަހަލަ ގޮތަކަށް ގާނޫނު ފާސްކުރެވިއްޖެ ނަމަ، މި މައްސަލަތަކާއި ޝަކުވާތަކަށް ޙައްލު ލިބި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް ވެސް ކުރިއަށް ދާންވީ ގޮތް ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިނގާބަލަ ގާނޫނު އަސާސީއަށް ބަދަލެއް ގެނެސްލާފައި، ހަމަ މި މެޖޯރިޓީގައި އިންތިޚާބުތައް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބާއި މަޖިލީސް އިންތިޚާބާއި، ކައުންސިލް އިންތިޚާބާއި އެއް މުދަތަކަށް އެއް ތާރީހަކަށް ލާފައި ނިންމާލީމާ މި ޝަކުވާއެއް ވެސް ކުރާކަށް ނުޖެހޭނެ، އޭރުން ފުރުސަތު ވެސް ރައްޔިތުންނަށް މަސައްކަތްކުރަން ލިބުނީ އޭރަށް ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު މަސައްކަތްކުރަން ވަގުތުތައް ވެސް ލިބުނީ އަނެއް ފަސް އަހަރަށް (މަސައްކަތް) ކުރަން"

އުނގޫފާރު ދާއިރާގެ މެމްބަރު ހަސަން މުހައްމަދު

ހަސަންޓޭ ވިދާޅުވީ އެއްވެސް ސަރުކާރަކުން އެއްވެސް ރައްޔިތަކަށް ދެރައެއް ލިބޭ ގޮތަށް ކަމެއް ކުރުމަކީ އޭނާ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެއްވެސް ރައްޔިތަކު ހުރި ވަޒީފާއަކުން ވަކިކޮށްގެން ވެސް ނުވާނެ ކަމަށާއި، އަދި ބޭއިންސާފުން އެއްވެސް ރައްޔިތަކާއި ދޭތެރޭ ސަރުކާރަކުން ކަމެއް ކޮށްގެން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ފާއިތުވި 15 އަހަރު އެއް ޝަކުވާއެއް ކުރަމުންދާއިރު، ގާނޫނީ ގޮތުން މި މައްސަލަ ޙައްލުކުރެވެން ޖެހޭކަމަށް ހަސަންޓޭ ވިދާޅުވި އެވެ. އަދި ބަދަލުވާ ކޮންމެ ސަރުކާރަކާއެކު ވަޒީފާތަކުން މީހުން ނުކެނޑޭނެ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރުމުން ދެން އިތުރަށް އެ ޝަކުވާތައް ނުކުރެވޭނެ ކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.